ads
އަމީނީމަގުގައި ތާރުއެޅުމަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަނީ
އަމީނީމަގު ހެދުމުގެ މައުލޫމާތު ދިނުމަށް އެންގުމުން ކޯޓަށް ހުށަހަޅައިފި
މާލޭގެ އަމީނީމަގު ހެދުމުގެ މައުލޫމާތު އަމިއްލަ ފަރާތަކަށް ދިނުމަށް އިންފޮމޭޝަން ކޮމިޝަނުން އެންގި އެންގުން އިސްތިއުނާފު ކުރުމަށް ޕްލޭނިން މިނިސްޓްރީން ނިންމައިފި އެވެ.

އަމީނީމަގު ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްދާއިރު މަގުހެދުމުގެ މަސައްކަތުގައި، ގަސްތައް ކަނޑާ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އަހުމަދު އަފްރާހު ކިޔާ މީހަކުވަނީ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ތަފުސީލީ ޑިޒައިންތަކާއި ކުރެހުންތަކާއި އެ މަގު އަލުން ހެދުމުގެ ތެރޭގައި އެއްވެސް ގަހެއް ނަގައި ނުވަތަ ކަނޑާ ނަމަ އެކަން ކުރުމަށް ރޭވިފައިވާގޮތް ބެލުމަށް އެމައުލޫމާތު ހޯދުމަށް ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައެވެ. 

އަދި އަމީނީމަގު ތަރައްގީ ކުރަމުންދާއިރު އެކަމާގުޅޭ ސާވޭއެއް ހަދާފައިވާ ނަމަ އެކަމުގެ މައުލޫމާތާއި އާރުޑީސީއާއި މަގުހެދުން ހަވާލުކުރި އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށްވެސް އޭނާ އެދިފައި ވެއެވެ.

ނަމަވެސް އަމީނީމަގުގެ ސާވޭ ރިޕޯޓާއި އާރުޑީސީއާއިއެކު ހެދި އެއްބަސްވުމުގެ ކޮޕީ ޕްލޭނިން މިނިސްޓްރީން ނުދިނުމުން އަފްރާހް އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅުމުން އެތަނުން ޕްލޭނިން މިނިސްޓްރީއަށް އެންގީ އެ މައުލޫމާތު އަފްރާހްއަށް ދިނުމަށެވެ.

އެހެންކަމުން އެމައުލޫމާތު ދިނުމަށް އިންކާރުކޮށް ޕްލޭނިންގ މިނިސްޓްރީން މިހާރުވަނީ އިންފޮމޭޝަން ކޮމިޝަންގެ ނިންމުން ހައިކޯޓްގައި އިސްތިއުނާފް ކުރުމަށް ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް