ads
މާލެ ޖަލު——
މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޒުކުރަން ޖަލަށް ގެންދިޔަ ގައިދީއަކު މަރުވެއްޖެ
މާލޭ ޖަލަށް މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޒުކުރުމަށް ގެންދިޔަ 36 އަހަރުގެ ގައިދީއަކު އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ، ވައްކަމުގެ މައްސަލައެއްގައި މިދިޔަ އާދިއްތަ ދުވަހު ޖަލު ހުކުމެއް ތަންފީޒުކުރުމަށް މާލޭ ޖަލަށް ގެންދިޔަ ލ. ކުނަހަންދޫ ކަރަންކާގެ މުހައްމަދު ރަޝީދު ނަމަކަށް ކިޔާ މީހެކެވެ. 

ކަރެކްޝަނުން ބުނީ، ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް އޭނާ އަށް ފަރުވާދީފައިވާ ކަމަށެވެ. އެކަމަކު، އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފެށީ، ހާލަތު ދެރަވާތީ ރޭ 10 ޖަހާކަށް ހާއިރު ކަމަށް ކަރެކްޝަނުން ބުންޏެވެ. 

”މުހައްމަދު ރަޝީދުގެ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ޑޮކްޓަރު ވަނީ މިއަދު ގާތްގަނޑަކަށް 10:40 ހާއިރު ނިޔާވިކަމަށް ކަނޑައަޅާފައި، “ ކަރެކްޝަނުން ބުންޏެވެ.

މުހައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ގައިދީއެކެވެ. ކަރެކްޝަންސް އިން ބުނިގޮތުން، މުހައްމަދު ރަޝީދު މިދިޔަ އާދިއްތަ 8 ދުވަހު ޖަލަށް ގެނެވުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައެއް ނުވެއެވެ. އަދި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ވެސް ނޫނެވެ.

އެ މަރާއި ގުޅިގެން ކަރެކްޝަނުން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސަވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް