ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިނިސްޓްރީން ފަށައިފި
އެޑެކްސެލް އޭލެވެލްއާއި އައިއޭއެލްގެ އިތުރުން އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރުން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ނަތީޖާތައް ދޫކުރަން ފެށީ އިއްޔެގެ ވަގުތެއްގައި އެވެ. ނަތީޖާތައް ދޫކުރަމުން ދަނީ ދަރިވަރުން އިމްތިހާނު ހެދި މަރުކަޒު ތަކުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އެޗްއެސްސީ އިމްތިހާނު 1299 ދަރިވަރުން ހަދާފައި ވާއިރު، އެޑެކްސެލް އިމްތިހާނު ހަދާފައި ވަނީ، 2785 ދަރިވަރެކެވެ. 

އަދި އިމްތިހާނުތައް ރާއްޖޭގެ 40 ސެންޓަރެއްގައި ކުރިއަށް ދިޔައިރު، އޭގެ ތެރެއިން ހަތަރު ސެންޓަރަކީ މާލޭގައި ހުންނަ ސެންޓަރު ތަކެވެ. ބާކީ 36 ސެންޓަރަކީ، އަތޮޅު ތެރޭގައި ހުންނަ ސެންޓަރުތައް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ނަތީޖާ ރިޗެކްއަށް ލާން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު މިމަހުގެ 26 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އެޑެކްސަލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެހެންނަމަވެސް މިދިޔަ އަހަރު މަތީ ސާނަވީ ގްރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް