ads
ނަޝީދު މިއަދު ދ. އަތޮޅުގައި
ރައީސް ނަޝީދުގެ ބަދަލުވި ވާހަކަ
އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު، ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ދެ ބޭފުޅުންނާ ދެ ބޭފުޅުންގެ ސަޕޯޓަރުންގެ މެދުގައި މިވަނީ އާދަޔާ ހިލާފު ޖޯޝެއް އުފެދިފައެވެ. މި ޖޯޝާ ފޯރީގެ ތެރޭގައި ކުރިން އެ ބޭބޭފުޅުން ދައްކަވާފައިވާ ވާހަކަތަކާއި ކުރައްވާފައިވާ ކަންކަން ހަނދާން ނެތޭ ފަހަރުވެސް އާދެއެވެ.
Advertisement

މައުމީނިޒަމްއާ ޑީއާރުޕީގެ ކުލަތައް

ރައީސް ނަޝީދުގެ ފަރާތުން ތަކުރާރުކޮށް ވިދާޅުވަމުން އަންނަ އެއް ވާހަކައަކީ ރައީސް ސޯލިހާ އެކު އެމްޑީޕީގެ ސިފަތައް ގެއްލި، ޑީއާރުޕީގެ ކުލަ ޖެހެމުން އަންނަ ކަމަށެވެ. މި ވާހަކަތައް ދައްކަވާ ސަބަބުތަކުގެ ތެރޭގައި ޑީއާރުޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ، ޑީއާރުޕީން އެމްޑީޕީއާ ގުޅުނު ބައެއް ބޭފުޅުން ރައީސް ސޯލިހު ފަޅީގައި އިސްކޮށް ތިބުން ހިމެނެއެވެ. މީގެ ތެރޭގައި އަބްދުﷲ ޝާހިދާ ރޮޒައިނާ އާދަމް އަދި މުހައްމަދު ނާޝިޒް، އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ހިމެނެއެވެ.

އެކަމަކު ސުވާލަކީ، ހަމަ މި ދެންނެވި ޑީއާރުޕީގެ މެންބަރުންނާއެކު ޑީއާރުޕީގައި އުޅުއްވި އަލީ އާޒިމް ރައީސް ނަޝީދު ފަޅީގައި ހުންނެވުމުން ޑީއާރުޕީ ކުލަ ރައީސް ނަޝީދު ފަޅީގައި ނުޖެހެނީތޯއެވެ؟ ރައީސް ނަޝީދުގެ ކެމްޕެއިން ލީޑު ކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަކީ 2008 ވަނަ އަހަރު ސޯޝަލް ލިބަރަލް ޕާޓީގެ ސްލޮޓެއްގައި ރައީސް ނަޝީދުގެ ކެބިނެޓުން ފުރުސަތު ހޯއްދެވި ބޭފުޅެކެވެ.

އަބްދުﷲ ޝާހިދު އަކީ ރައީސް ނަޝީދުގެ ނުސީދާ ހަމަލާތައް އަމާޒުވަމުން އަންނަ އެއް ބޭފުޅެވެ. އެކަމަކު ރައީސް ނަޝީދު އެންމެ ފުރަތަމަ އެޕްރޯޗް ކުރެއްވީ އަބްދުﷲ ޝާހިދަށް ކަމަށް އަމިއްލަފުޅަށްވަނީ އިއުތިރާފް ވެވަޑައިގެންފައެވެ. ނަޝީދު، ޝާޙިދަށް އެޕްރޯޗް ކުރެއްވިއިރު ވެރިކަމުގެ ރުކުންތައް ހަމަވާ ބޭފުޅަކަށް ވެފައި، ނަޝީދުގެ ހުށަހެޅުން ރިޖެކްޓް ކުރެއްވުމުން ޝާހިދު ގޯސްވީ ގޮތެއް ނަޝީދު ވިދާޅުވެދެއްވަން ޖެހޭނެއެވެ.

ސަރުކާރުގެ ވަސީލަތައްތައް ބޭނުން ކުރުމާއި ވަޒީފާގެ ބިރު ދެއްކުން

ސަރުކާރުގެ ވަސީލަތްތައް ރައީސް ސޯލިހުގެ ކެމްޕެއިނުގައި ބޭނުން ކުރައްވާ ވާހަކައާއި ވަޒީފާގެ ބިރު ދައްކާ ވާހަކައަކީވެސް ރައީސް ނަޝީދުގެ ކޭމްޕުން ދައްކަމުން އަންނަ ވާހަކައެކެވެ. މި ވާހަކަތަކުގެ  ތެރެއިން ސަރުކާރުގެ ވަސީލަތައް ބޭނުން ކުރާ ވާހަކައިގެ ޖަވާބު ހޯދުމަށް ދާން ޖެހެނީ ރައީސް ނަޝީދުގެ ވެރިކަމާ ހަމައަށެވެ.

2010 ވަނަ އަހަރުގެ ރައީސް އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް 2010 ވަނަ އަހަރު އަތޮޅުތަކަށް ކުރައްވާފައިވާ ދަތުރުފުޅުތަކަށް 1.02 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އޭގެތެރެއިން ގިނަ ދަތުރުފުޅުތަކަކީ ކުރިއާރާވައިގެން ފިނޭންސް މިނިސްޓުރީގެ ސާކިއުލާއާ އެއްގޮތަށް ކުރައްވާފައިވާ ދަތުރުފުޅުތަކެއް ނޫނެވެ. 

އަދި ކުރައްވާފައިވާ ދަތުރުފުޅުތަކުގައި އޭރުގެ ސަރުކާރަށް ނިސްބަތްވާ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ފަރާތްތައް ބައިވެރިކުރައްވައި އެ ބޭފުޅުންނަށް ދަތުރުގެ ހަރަދާއި ހުރުމާއި އަދި ކެއުމުގެ ހަރަދު ހަމަޖައްސާފައިވާ އިރު އެއީ އެއީ ވަކި ފަރާތަކަށް ސިޔާސީ މަގުސަދެއް ހަސިލްކުރުމަށް ދައުލަތުގެ ފައިސާ ބޭނުންކުރެއްވުން ކަމަށް ބެލެވޭ ކަމަށާއި އެ އުސޫލުން ފައިސާ އިން ހަރަދުކުރައްވައިގެން ނުވާނެ ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ. އެ ވާހަކަ މި ހިސާބުން ބާއްވާނީއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމް އަދާކުރެވޭނެ ތައުލީމާއި ތަޖުރިބާގެ ގޮތުން މުހައްމަދު ޝިފާޒަށްވުރެ އެތައް ގުނައެއް ރަނގަޅު އެތައް ބަޔަކު ރައީސް ސޯލިހަށް މިއަދުވެސް ލިބޭނެ ކަމާމެދު ޝައްކެއް ނެތެވެ. އެކަމަކު ޝިފާޒަށް އެ މަގާމުގައި އެ ހުރެވެނީ ވަޒީފާގެ ބިރެއް ނެތީމައެވެ. ޝިފާޒް ނޫނަސް ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި އެތައް ބަޔަކު ރައީސް ނަޝީދާއެކު ކެމްޕެއިން ކުރަމުން އެދަނީ އެކަހަލަ އެއްވެސް ބިރުވެރިކަމެއް ނެތީމައެވެ.

ދެން އޮތީ ވަޒީފާގެ ބިރު ދައްކާ ވާހަކައެވެ. ސިޔާސީ މަގާމްތަކަކީ ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބޭ ބާރުގެ ތެރެއިން އައްޔަން ކުރާ މަގާމްތަކެކެވެ. މިއިން މަގާމަކުން މީހަކު ވަކިކުރާކަށް އިތުރު ޖަސްޓިފިކޭޝަނެއް ދޭކަށް ނުވެސްޖެހެވެ. ރައީސް ނަޝީދުގެ ކެމްޕެއިންގެ އެންމެ އިސް އެކަކީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްއެވެ. ވަޒީފާގެ ބިރެއް އޮންނާނެ ނަމަ އެ ބިރު އެންމެ ބޮޑަށް އޮންނާނީ ޔަގީނުންވެސް ރައީސް އޮފީހުގެ މިނިސްޓަރަށެވެ. 

78%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް