ads
ރާކީ އަދި އާދިލް ކައިވެނިކުރަނިކޮށް---
ކައިވެނި ވީޑިއޯ އާންމުވި ފަހުން، ރާކީގެ މިފަހަރުގެ ފިރިމީހާ ވެސް އެކަމަށް އިންކާރު
ކައިވެނި ވީޑިއޯ އާންމުވިފަހުން، ރާކީގެ މިފަހަރުގެ ފިރިމީހާ ވެސް އެދެމީހުން ކައިވެނިކުރި ކަމަށް އިންކާރު ކޮށްފި އެވެ.
Advertisement

އާދިލް ކިޔާ މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މީގެ ދެތިން ދުވަސްކުރިން ރާކީ ވަނީ އެދެމީހުން ކައިވެނިކުރި ވީޑިއޯއެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލާފަ އެވެ. އާދިލް އަކީ މުސްލިމެކެވެ. ވީޑިއޯ އިން ފެންނަނީ މުސްލިމް ކައިވެންޏެއް ދެމީހުން ކުރާތަނެވެ. މި ވީޑިއޯ އާންމުވިފަހުން މިއީ "ފޭކް" އެއް ކަމަށް ބުނެ ކައިވެނި ކުރި ކަމަށް އާދިލް އިންކާރު ކޮށްފައިވާ ކަމަށް ބުނެ، ރާކީ ވާނީ މިފަހުން ލައިވް ވީޑިއޯއެއްގައިި ރޮމުން އެވާހަކަ ދައްކާފަ އެވެ. 

މިކަމާއި ގުޅިގެން، އާދިލް އާއި ރާކީ، މީޑިއާ އަކާއި، ފޯނުން ދެއްކި ވާހަކަތަކެއް ލީކުވެފައިވާއިރު، އެ ފޯނު ކޯލުގައި ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭތޯ އަދި ކައިވެނި ވީޑިއޯ އަކީ ފޭކެއް ކަމަށް އާދިލް ބުނާ ސަބަބާއި ބެހޭގޮތުން ވާހަކަދައްކާފައި ވެއެވެ. 

އާދިލް ބުނާ އަޑު އިވެނީ، އޭނާ އާއި ރާކީ އާއި ދެމެދު މައްސަަލަ ނުޖެހޭ ކަމަށާއި، ރާކީ ރޯޯންވީ ސަބަބެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ. އަދި ކައިވެންޏަކީ ފޭކެއް ކަމަށް ބުނި ބުނުމަށް އެއްވެސް ކޮމެންޓެއް އެފޯން ކޯލުގައި ދޭން ބޭނުން ނުވާ ކަމަށާއި، ދެ ދުވަސް ފަހުން އެކަމާއި ވާހަކަދައްކަން އިންޓަވިއު އެއް ދޭނެ ކަމަށް އާދިލް ބުނާ އަޑު އިވެއެވެ. 

އެ ފޯން ކޯލުގައި ރާކީ ބުނީ، ކައިވެނީގެ ވީޑިއޯ އާންމުކުރި ފަހުން ފިރިމީހާ ކައިވެންޏެއް ނުކުރަމޭ ބުުނުމުން ކޮންމެ އަންބަކުވެސް ދެރަވާނެ ކަމަށެވެ. އަދި އެއީ އޭނާގެ އިއްޒަތާއި، އޭނާގެ ތެދުވެރިކަމާއި މެދު މީހުންގެ ސުވާލު އުފެދޭ ވަރު ކަމެއް ކަމަށް ރާކީ ބުންޏެވެ. ރާކީ ބުނީ، ކައިވެނި ކުރިކަން ނުވަތަ ނުކުރިކަން ހާމަކުރުމަކީ އާދިލްގެ އަމިއްލަކަމެއްކަމުން އޭނާ ލައްވާ އެހެން ގަދަކަމުން ބުނުވަން އޭނާ ބޭނުން ނުވާ ކަމަށާއި އެކަމަކު، ކައިވެނި ކުރިތޯ ނުވަތަ ނުކުރާކަން އާދިލް ސާފުކޮށްދިނުމަށް އޭނާ އެދެނީ، އޭނާ އާއި މެދު މީހުންގެ މެދުގައި އޮންނަ އިތުބާރު ހިފެހެއްޓުން މުހިންމު ވާތީ ކަމަށެވެ. 

ރާކީ ބުނީ، އާދިލް އާއި އޭނާ އާއި ކައިވެނިކޮށްފިން ކަމަށާއި އެއީ މިހާރު ދެމަފިރިން ކަމަށެވެ. އަދި އެކަން ވީހާވެސް އަވަހަށް އާދިލް މީހުންނަށް ސާފުކޮށްދިނުމުން ނޫނީ އޭނާގެ ހިތްހަމަ ނުޖެހޭނެ ކަމަށް ރާކީ ބުންޏެވެ. އެކަމަކު އެދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހޭކަން ރާކީވެސް އެ ކޯލުގައި ޔަގީންކޮށްދީފައި ވެއެވެ.

ބޮލީވުޑުގެ ޑްރާމާ ކްއީންގެ ގޮތުގައި ރާކީ ސާވަންތު ފާހަގަކުރެވިގެން ދާއިރު ގިނަ ފަހަރަށް އޭނާ ދައްކާ ވާހަކަ މީހުން ގަބޫލުކުރަން ވެސް ބޭނުމެއް ނުވެ އެވެ. 

އެންމެ ފުރަތަމަ ދިޕަކް ކަލާލް އާ ކައިވެނި ކުރަން ކަމަށް ބުނެ އެތައް ވާހަކަތަކެއް ދެއްކުމަށް ފަހު ފަހުން އެއީ ދޮގެއްކަމަށް ބުންޏެވެ. އޭގެ ފަހުން ރިތޭޝް ނަމަކަށް ކިޔާ ވިޔަފާރިވެރިއަކާއި ކައިވެނިކޮށްފައިވާ ކަމަށް ބުނެ އިންސްޓަގްރާމަށް ކައިވެނީގެ ހެދުމެއްގައި ނަގާފައިވާ އޭނާގެ ފޮޓޯލި އެވެ. އެކަމަކު އޭރު ރިތޭޝްގެ ފޮޓޯ ހާމަނުކުރާތީ ފޮޓޯ ހާމަނުކުރަނީ ރިތޭޝް ލަދުގަންނާތީ ކަމަށް އޭރު ރާކީ ބުނަމުންދިޔަ އެވެ. އެއީ ވެސް ރާކީ ހެދި ދޮގެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. 

އޭގެފަހުން ބިގްބޮސްގެ 14ވަނަ ސީޒަންގަައި ރާކީ ބައިވެރިވިއިރު އޭނާގެ ފިރިމީހާ ވަރަށް މިސްވެގެން އުޅޭ ކަމަށް ބުނެ އެވެ. އަދި އެއްވެސް މީހަކު އެކަން ގަބޫލުނުކުރާތީ ރިތޭޝް އެންމެންގެ ކުރިމައްޗަށް ގެންނާނެކަމަށާއި ދެން ސީޒަނެއްގައި ފިރިމީހާ އާ އެކު ބައިވެރިވާނެ ކަމަށްވެސް ބުންޏެވެ. އޭގެފަހުން ބިގްބޮސްގެ 15ވަނަ ސީޒަންގައި އޭނާ ވަނީ ވައިލްޑް ކާޑުގައި ޖޮއިން ކޮށްފަ އެވެ. ގިނަ ބަޔަކަށް ޝޮކެއް ގެނުވާ އޭނާގެ ފިރިމީހާ ކަމަށް ބުނަމުން އައީ ރިތޭޝް ވެސް އެ ޝޯގައި ބައިވެރިވި އެވެ. ރާކީ އޭނާ އެންމެނަށް ތައާރަފް ކޮށްދިނީ ވެސް އޭނާގެ ފިރިމީހާ ރިތޭޝްގެ ގޮތުގައެވެ. 

ޝޯ ނިމުމުން އެކި އިވެންޓުތަކުން ދެމީހުން އެކީ ފެނިގެންވެސް ދިޔަ އެވެ. މީޑިއާ ކުރިމަތީ ވަރަށް ލޯބިން އުޅޭތަންވެސް ފެނުނެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ 14ވަނަ ދުވަހު ފާހަގަކުރި ލޯބިވެރިންގެ ދުވަހަކީ މިދެމީހުންގެ ލޯބި ނިމުމަކަށް އައި ދުވަހެވެ. އެދުވަހު އިންސްޓަގްރާމުގައި ރާކީ ވަނީ ކައިވެނި ރޫޅާލިކަން ހާމަކޮށްފަ އެެވެ.

ފަހުން މަގުމަތީ އެދެމީހުންގެ ކައިވެންޏާާއި ބެހޭގޮތުން ވާހަކަދައްކަމުން ރާކީ ބުނީ، ރިތޭޝް ރާކީ ބޭނުންކުރީ މީހުންގެ މަގުބޫލުކަން ހޯދާ، ބިގްބޮސްގައި ބައިވެރިވުމަށް ކަމަށާއި، ބިގްބޮސް އިން ނިކުތުމަށްފަހުވެސް ދުވަސްކޮޅެއްވަންދެން ލޯބިން އުޅުނީ އެތަނަށް ވަދުނީ ދެމަފިރިންގެ ގޮތުގައި ވާއިރު، އެގުޅުން އެހާ އަވަހަށް ކަނޑާލައިފިނަމަ ކަލާސްޓީވީން ދިން 2 ކަރޯރް ރުޕީސް ރިތޭޝް އަތުން އަތުލަފާނެތީ ކަމަށެވެ. އަދި އޭނާ ބޭނުން ނެތުމުން ދޫކޮށްލީ ކަމަށް ރާކީ ބުންޏެވެ. މިވާހަކަތައް ދައްކަމުން ރާކީ އެފަހަރު ވަނީ އެދެމީހުން ގާނޫނީ ގޮތުން ކައިވެނި ނުކުރާ ކަމަށްވެސް ބުނެފަ އެވެ.

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް