ads
މާފުށި - ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
ހުސްވި އަހަރު ގްރީން ޓެކްސްގެ ގޮތުގައި 972.9 މިލިއަން ރުފިޔާ
ހުސްވި އަހަރު ގްރީން ޓެކްސްގެ ގޮތުގައި 972.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިއްޖެއެވެ.

މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަހަރު 972.9 މިލިއަން ރުފިޔާ ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ވަނީ ލިބިފައެވެ. އޭގެ ކުރީ އަހަރު ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 748.1 މިލިއަން ރުފިޔާއެވެ. މިއީ 2022 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަދަދާ އަޅާބަލާއިރު 224.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމުގެ ގޮތުން ނަގާ މި ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. ގްރީން ޓެކްސް ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ރިސޯޓުތަކާއި ސަފާރީގެ އިތުރުން ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ދުވާލަކު، ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގައެވެ. ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް ނަގަނީ ތިން ޑޮލަރެވެ.

ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫއުތަކަށް ހަރަދުކުރަމުންދަނީ ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީންނެވެ. އެގޮތުން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުތައް ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ގްރީން ޓެކްސް އެންމެ ގިނައިން ދައްކާ އަތޮޅުތަކުގެ ތެރޭގައި ކ. އަތޮޅު، އއ. އަތޮޅު އަދި ރ. އަތޮޅު ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް