ads
މިނީ ބަހުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުން
ބަހުގެ ހިދުމަތުގައި ބޭނުން ކުރާ ސޯސަން ރޫޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަނީ
އެމްޓީސީސީއިން މާލޭގައި ދެމުން އަންނަ އާރްޓީއެލް ބަހުގެ ހިދުމަތުގައި ބޭނުން ކުރަމުން އަންނަ ސޯސަން ރޫޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެކުންފުނިން ނިންމައިފި އެވެ.

އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިރޭ 20:30 އިން ފެށިގެން ބޮޑުތަކުރުފާނު މަގު އިއްޒުއްދީން ޖެޓީ ހިމެނޭ ސަރަހައްދު ބަންދުކުރުމަށް ނިންމާފައި ވާކަމަށް އެކުންފުންޏަށް އަންގާފައި ވާކަމަށާއި، އެހެން ކަމުން އެގަޑިން ފެށިގެން ސޯސަން ރޫތް އާރް12 ގެ ހިދުމަތް މެދުކަނޑާލަން ނިންމާފައި ވާކަމަށެވެ. 

އެމްޓީސީސީން ބުނީ، އަލުން މަގު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، ފަތިހު 05:45 ގައި ކަމަށާއި، މަގު އަލުން ހުޅުވާލުމުން އެ ރޫޓުން ބަހުގެ ހިދުމަތް އަލުން ދޭން ފަށާނެ ކަމަށެވެ. 

އަދި މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. 

އެމްޓީސީސީން މާލޭގައި ބަހުގެ ހިދުމަތް ދޭން ފެށިފަހުން އެވްރެޖްކޮށް ދުވާލަކު 5000 އަށްވުރެ ގިނަ މީހުން ބަހުގެ ހިދުމަތް ހޯދަމުން އަންނަކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

އެމްޓީސީސީން އަންނަނީ މާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނިން ވަނީ ކޭޝް ކާޑު ބޭނުން ކޮށްގެން ބަހަށް ފައިސާ ދެއްކޭނެ ނިޒާމު މިހާރު ތައާރަފް ކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް