ads
ހުޅުމާލެ ހޮސްޕިޓަލް--
ހުޅުމާލެ ހޮސްޕިޓަލުގެ ކްލިނިކެއް ދެވަނަ ފިޔަވަހީގައި މާދަމާ ހުޅުވަނީ
ހުޅުމާލެ ހޮސްޕިޓަލުގެ ކްލިނިކެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މާދަމާ ހުޅުވަން ތައްޔާރުވެއްޖެ އެވެ.

"ޖެނަރަލް ޕްރެކްޓިކްސްގެ ނަމުގައި މާދަމާ ހިދުމަތްދޭން ފަށާ މި ކްލިނިކް ހުންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ، 16 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައެވެ. 

މި ކްލިނަކާއި ގުޅޭގޮތުން "ސީއެންއެމް" އާއި ވާހަކަދައްކަަވަމުން އެ ކްލިނިކްގެ ފޯކަލް ޕޮއިންޓް މައުރޫފް ވިދާޅުވީ، އަލަށް ފަށައިގަންނަ ހިދުމަތެއް ކަމުން، މާދަމާ ފެށޭ މި ކްލިނިކްގެ ހިދުމަތް ދެމުންދާނީ ހުކުރު ދުވަސް އަދި ބަންދު ދުވަސްތައް ފިޔަވައި ހެނދުނު 10:00 އިން ހަވީރު 17:00 އަށް ކަމަށެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގެ ދަށުން ހިދުމަތް ދެމުންގެންދާ މި ކްލިނިކުގައި ބަލިމީހުން ބައްލަވާ ފަރުވާދެއްވާނީ ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރުން ނެވެ. މި ކްލިނިކްއިން ފަރުވާދެމުން އަންނާނީ އާންމު ބަލިތަކަށް ނަމަވެސް، ވަކިވަކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކެވުމަށް މި ކްލިނިކުން އެޕޮއިންޓްމެންޓް ހެދޭނެ އެވެ. 

މައުރޫފް ވިދާޅުވިގޮތުން މާދަމާ ހިދުމަތް ފަށަނީ މި ކްލިނިކްގެ ފުރަތަމަ ޔުުނިޓްގެ ހިދުމަތްތަކެވެ. ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން ނާސިން ޕްރޮސީޖާއަށް ހާއްސަ އިތުރު ދެ ޔުނިޓެއްގެ ހިދުމަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ. 

މިހާރު ހިދުމަތްދެމުންދާ ޔުނިޓުގައި:

  • ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ
  • އެސްޓީއޯގެ ފާމަސީއެއް ހުންނާނެ

your image ޖެނަރަލް ފްރެކްޓިކްސް ކްލިނިކް——


މި ކްލިނިކް ހުޅުވަން ހުޅުމާލެ ހޮސްޕިޓަލުން ނިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ބަޔަކު އަލަށް އާބާދުވަމުން އަންނާތީ އާއިއެކު، ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު އިތުރުވެ ހިދުމަތް ދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ އެވެ. ދެވަނަ ފިިޔަވަހީގައި  އަލަށް ފަށާ މި ކްލިނިކްގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުން ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި ރައްޔިތުންނަށް ކިއޫގައި ނުުޖެހި ހިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް