ads
ލަތާ އާއި އަޔުޝްމަން--
ލަތާ މަންގޭޝްކަރުގެ ތައުރީފް އަޔޫޝްމަންއަށް!
ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު، ބޮލީވުޑުގެ ތަރި އަޔޫޝްމަން ކުރާނާގެ މަސައްކަތްތަކަށް ތައުރީފްކޮށްފި އެވެ.

ޓްވިޓާ މެދުވެރިކޮށް އަޔޫޝްމަންއަށް ފޮނުވި މެސެޖެއްގައި ލަތާ ބުނީ އަޔޫޝްމަންގެ ފިލްމު، އަންދާދުން އޭނާ ބަލާފައިވާ ކަމަށެވެ. އަދި ފިލްމުގައި އެކްޓްކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ބުނެ ލަތާ އިތުރަށް ވަނީ އެ ފިލްމަށް އަޔޫޝްމަން ލަވަ ކިޔާފައިވާ ގޮތް ވެސް ވަރަށް ކަމުދާ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން ލަތާ ވަނީ އަޔޫޝްމަންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ވެސް ކާމިޔާބަށް އެދޭ ކަމަށް ބުނެފަ އެވެ.

އަޔޫޝްމަންއާއެކު ރަދިކާ އާޕްތެ އާއި ތާބޫ ފެނިގެންދާ ފިލްމު، "އަންދާދުން" ނެރުނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު ފަހެއްގަ އެވެ. ބޮޑު ކާމިޔާބެއް ލިބުނު މި ފިލްމުން އަޔޫޝްމަންއަށް ވެސް އެވޯޑުތައް ލިބުނެވެ. 

ލަތާ މަންގޭޝްކަރަކީ ބޮލީވުޑުގެ ގިނަ ފިލްމުތަކަކަށް ލަވަ ކިޔާފައިވާ ފަރާތެކެވެ. މިއަދު ވެސް އޭނާގެ ލަވަތަކަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ލަވަތަކެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް