ads
ފފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން
މަސްތުވާތަކެތީގެ އުމުރު ދުވަހުގެ ހުކުމެއް ހައިކޯޓުން ބާތިލުކޮށްފި
މަސްތުވާ ތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި މީހަކު ހައިކޯޓުން މިނިވަންކޮށްފިއެވެ.

ހައިކޯޓުން މިދިޔަ ހަފްތާގައި މިނިވަންކޮށްފައިވަނީ ރަށަކަށް ގެންދަން އުޅުނު ފޮށިގަނޑަކުން ޑްރަގް ފެނުނު މައްސަލައެއްގައި އުމުރަށް ޖަލަށްލާފައިވާ މުހައްމަދު ނަސްވާން ކިޔާ މީހެކެވެ. އެއީ ޖުލައި 12، 2016 ގައި ނަސްވާންއާ އަދި އިތުރު މީހަކާއެކު ރޭ މުހައްމަދު ނަސްވާން މާލެއިން ރަށަކަށް މަސްތުވާތަކެތި ފޮނުވަން، ބޮޑުތަކުރުފާނު މަގު ވިލާ ކޮލެޖާ ދިމާލުން މާލޭ ފަޅު ތެރޭގައި އޮތް ދޯންޏަކަށް ފޮށިގަނޑެއް އަރުވަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެތަނަށް ގޮސް ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހެކެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ، އުމުރަށް ޖަލަށްލުމާ އެކު 100،000ރ.އިން ޖޫރިމަނާ ކުރުމަށެވެ. އޭނާގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަގްލަބިއްޔަތުން ނިންމީ ދަށު ކޯޓުގެ ހުކުމް ބާތިލުކުރާށެވެ. މި މައްސަލަ ހައިކޯޓުގައި ބެލީ މުހައްމަދު ނިޔާޒް، ހުސައިން ޝަހީދު އަދި ހުސެއިން މަޒީދުއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް