ads
ވެއްޓުނު ނޭޕާލްގެ ފްލައިޓް
މަތިންދާ ބޯޓު ވެއްޓި، 40 މީހުން މަރުވި ހާދިސާގެ ވީޑިއޯ!
ހަތްދިހަ ދެ މީހުންނާއި އެކު ދަތުރުކުރަމުން ދަނިކޮށް މަތިންދާ ބޯޓު ވެއްޓޭ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމު ވެއްޖެ އެވެ.

މިއަދު ހެނދުނު ނޭޕާލްގެ ކަތަމަންޑޫއިން ފުރައިގެން އެ ގައުމުގެ ޕޮކާރާ އަވަށަށް ދަތުރުކުރަމުން ދިޔަ މި މަތިންދާ ބޯޓު ވެއްޓުނީ، އޭގެ އިންޖީނުގައި ރޯވުމުގެ ސަބަބުން ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. 

އެ ބޯޓު ވެއްޓުނު އިރު، އޭގައި 15 ފަތުރުވެރިންނާއި ކުރޫއިންގެ ހަތަރު މީހެއްގެ އިތުރުން އާއްމު ގިނަ ބަޔަކު ތިބި ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

މަތިންދާ ބޯޓު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ އާއްމު ވެފައި ވާއިރު، ވީޑިއޯ އިން ފެންނަ ގޮތުގައި، މީހުން އުޅޭ ހިސާބުތަކާއި، ވަރަށް ކައިރިން ބޯޓު އެނބުރެމުން އަންނަ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. މި ބޯޓު ވެއްޓުނީ، ރަންވޭއާއި ވަރަށް ކައިރިވި ފަހުން ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

ފްލައިޓް ވެއްޓުމާއި އެކު އެ ސަރަހައްދުން އޮލަ ދުން އަރަމުން ދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ބައެއް ވީޑިއޯ ތަކުން ފެންނަ ގޮތުގައި ފުލައިޓް ވެއްޓުމާއި އެކު ފްލައިޓްގައި އަލިފާން ހިފާ މަންޒަރު ވަނީ ފެނިފަ އެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި އެގައުމުގެ ސިފައިން ހަރަކާތްތެރި ވަމުން އަންނަ އިރު، އެންމެ ފުރަމަތަ ހަބަރުތައް ފެތުރުނީ، 16 މީހަކު މަރުވި ކަމަށެވެ. 

ދައުރުވަމުން އަންނަ އިތުރު ވީޑިއޯ ތަކުން ފެންނަ ގޮތުގައި ފުލައިޓު ވެއްޓިފައިވާ ސަރަހައްދުން މީހުންގެ ހަށިގަނޑުތައް އުފުލާ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި އެ ސަރަހައްދުގައި އަދިވެސް އަލިފާނުގެ އަސަރު ހުރިކަން ވީޑިއޯތަކުން ފެނިގެންދެ އެވެ.

އެހެން ނަމަވެސް މިހާތަނަށް ސިފައިން ކުރި މަސައްކަތުން 40 މީހެއްގެ ހަށިގަނޑު ފެނިފައި ވާކަމަށް ރޮއިޓާސްގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. 

އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ އިރު، ރޮއިޓާސް އަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި ހުރި ސިފައިންގެ ތަރުޖަމާނަކު ބުނީ، އަދިވެސް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ބޯޓު ވެއްޓުމާއި އެކު ބޯޓު އެއްކޮށް ގޮވާފައި ވާކަމަށް ވަނީ ބުނެފަ އެވެ. 

9%
ކަމުގޮސްފި
45%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް