ads
އިބްރާހީމް އިސްމާއީލް
ދައުލަތުގެ ވަކީލުން ކުރާ ކަމަކީ ކޮޕީ-ޕޭސްޓް ކުރުން: އިބްރާ
ދައުލަތުގެ ވަކީލުން ކުރާހާވެސް ކަމަކީ ކޮޕީ ޕޭސްޓްކުރުން ކަމަށް ވިދާޅުވެ، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ދައުލަތުގެ ބަންޑާރަ ނާއިބަށް ފާޑު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ވަކީލުން ކުރާހާވެސް ކަމަކީ ކޮޕީ ޕޭސްޓްކުރުން ކަމަށް ވިދާޅުވެ، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް ދައުލަތުގެ ބަންޑާރަ ނާއިބަށް ފާޑު ވިދާޅުވީ، ހައިކޯޓަށް މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުންނެވެ. 

މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން މި ފަހުން އާއްމު ކުރި އުސޫލަކާއެކު، އީލާނިންގެ ބައެއް މުހިއްމު ކޯސްތަކެއް ހުއްޓާލަން ޖެހިދާނެ ކަމަށްދެކި، އެކަމަކީ ގާނޫނު އަސާސިއާ ހިލާފު ކަމެއް ކަމަށް ބުނެ ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ.

މި މައްސަލައިގައި ހައިކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ދައުލަތުގެ ވަކީލުން ވަކާލާތު ކުރީ އިބްރާގެ ފަރާތުން ހުށަހެޅި މައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުން އެދިއެވެ. ދައުލަތުގެ ތިން ވަކީލުން ވަކާލާތު ކުރި މި މައްސަލައިގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާހަކަ ދެއްކެވީ މަންދު ކޮލެޖުގެ ޗެއާމަން އިބްރާއެވެ. އިބްރާވަނީ ދައުލަތުގެ ވަކީލުންނަށް ރައްދު ދެއްވައި އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކިޔައި ދެއްވާފައެވެ.

މިއަދުގެ އަޑު އެހުން ހައިކޯޓުން ނިންމާލީ ދައުލަތުން ހުށަހެޅި އިޖުރާއީ ނުކުތާއާ މެދު، އަދި އިބްރާގެ ފަރާތުން އެދިވަޑައިގެންނެވި ވަގުތީ އަމުރާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މި މައްސަލައިގައި ދައުލަތާ، ބެންޗުންވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި ގަސްތުގައި މައްސަލަ ލަސްކުރަން ދައުލަތުން މަސައްކަތް ކުރަނީކަމަށް އިބްރާގެ ފަރާތުން ވަކާލާތު ކުރެއްވުމުން އެކަމާ ގުޅޭ ގޮތުންވެސް ސުވާލު ކުރެއްވިއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް