ads
މިނީ ބަސް
ސޯސަން ރޫޓުގެ ބަސް ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން އެމްޓީސީސީއިން މާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތުގައި ބޭނުން ކުރާ ސޯސަން ރޫޓު ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެމްޓީސީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަދު ހެނދުނު ހެނދުނު 06:30 އިން 13:00 އާއި ހަމައަށް ގްރީން ޒޯން ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާކަން ފުލުހުން އަންގާފައި ވާކަމަށެވެ. 

އެހެން ކަމުން ބަސް ދަތުރުތަކުގައި ބޭނުން ކުރަމުން އަންނަ އާރް12 (ސޯސަން ރޫޓު) ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައި ވާކަމަށާއި، އަދި އާރް10 (އޯކިޑް ރޫޓް) ގެ ބަހުގެ ދަތުރުތައް މަޖީދީ މަގަށް ބަދަލުކުރުމަށް ނިންމާފައި ވާކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެމްޓީސީސީއިން ބުނީ، އަލުން މަގު ހުޅުވާލުމުން އެ ރޫޓުން ބަހުގެ ހިދުމަތް ކުރިއެކޭވެސް އެއްގޮތަށް ދެމުން ގެންދާނެ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. 

އެމްޓީސީސީން މާލޭގައި ބަހުގެ ހިދުމަތް ދޭން ފެށިފަހުން އެވްރެޖްކޮށް ދުވާލަކު 5000 އަށްވުރެ ގިނަ މީހުން ބަހުގެ ހިދުމަތް ހޯދަމުން އަންނަކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

އެމްޓީސީސީން އަންނަނީ މާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނިން ވަނީ ކޭޝް ކާޑު ބޭނުން ކޮށްގެން ބަހަށް ފައިސާ ދެއްކޭނެ ނިޒާމު މިހާރު ތައާރަފް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް