ads
ހުކުރު ހުތުބާގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއިކުރަނީ
ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރުމަށް ނިންމާފައި ވާކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން ދިރިއުޅެމުން އަންނަ ގައުމަކަށް ވާއިރު، ހުކުރު ހުތުބާގައި ކިޔާ ތަކެތި ދިވެހި ބަހުން ހުންނާތީ، އޭގެ މާނަ ބިދޭސީންނަށް ނޭނގޭ ކަމަށްބުނެ ގިނަ ބިދޭސީންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ވަކިން ހާއްސަކޮށް މާލޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް ހުކުރު ހުތުބާގައި ކިޔާތަކެތި އެނގޭނެ ގޮތެއް ހަދައިދިނުމަށް އެފަރާތްތަކުން ވަނީ އިދާރާތަކުގައި އެދިފަ އެވެ. 

އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގައި ކިޔާ ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށާފައި ވާކަމަށާއި، މިއީ އިސްލާމްދީނަށް ލޯބި ޖައްސައި، ދީނީ މައުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ.

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެފަހުން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިސްލާމީ ދައުވަތު ފެތުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތް ކުރިއަށް އޮތްތާނގައިވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް