މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދުއާ ހުޅުދޫ އަދި މީދުން ގޯތި ދޫކުރަން ނިންމައި މި ހަފްތާ ތެރޭ އިއުލާން ކުރާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ތިން ރަށުން ގޯތި ދޫކުރަން ލަސް ވެގެން މި ހަފްތާގެ ބުރާސްފަތި ދުވަހު އިއުލާން ކުރާނެއެވެ.
ބުރާސްފަތި ދުވަހު އައްޑޫ ސިޓީގެ ތިން ރަށަކުން ގޯއްޗަށް އިއުލާން ކުރާއިރު، ހުޅުދު އާއި މީދޫން ދޫކުރާނީ 100 ގޯތި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ފޭދޫން 350 ގޯއްޗާއި ހިތަދޫން 400 ގޯތި ދޫކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހިތަދޫއިން ގޯއްޗަށް ހުޅުވާލާނީ އަންނަ ހަފްތާގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހިތަދޫން 400 ގޯއްޗަށް ހުޅުވައިލަނީ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސްގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.