ads
ސަދަގާތު ފައުންޑޭޝަނުން ރެހެންދި ސްކޫލުގައި މީގެ ކުރިން ކުރިއަށް ގެންދާ ހިތާނީ ފެސްޓިވަލް:
އަވަހަށް ހިތާނުކޮށްލާ، ފަހުންވެސް ޕާޓީ ބޭއްވިދާނެ: ޑރ. ފައިސަލް
ފިރިހެން ކުދިން ހިތާނުކުރުމުން ސިއްހީ ގޮތުންވެސް ފައިދާތައް ކުރާ ކަމަށާއި، ހިތާނުކުރުން ފަސް ނުކުރުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގައި ޒަމާނުއްސުރެ ކުދިން ހިތާނުކުރާއިރު، ބޮޑެތި ހަފްލާތައް ބާއްވާ ގިނަ ކަންކަން ކުރަމުން ގެންދެ އެވެ. އަދި ވަކިން ހާއްސަކޮށް ބަންދު ތަކާއި ގުޅިގެން ރާއްޖޭގައި ކުދިން ހިތާނުކުރުމުގެ ކޭމްޕުތައްވެސް ބާއްވަމުން ގެންދެ އެވެ. 

ކުރިއަށް އޮތް ބަންދާއި ދިމާކޮށް، ބައެއް ކްލިނިކް ތަކުން ހިތާނުކޮށްދިނުމުގެ ކޭމްޕުތައް ބާއްވަން ނިންމާފައި ވާއިރު، ބައެއް ފަރާތްތަކުން އަންނަނީ، ހިތާނު ކުރުމަށް ގޭތެރެ ޒީނަތްތެރިކުރަން ފަށާފަ އެވެ. 

މިކަމާއި ގުޅިގެން ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިރިހެންކުދިން ހިތާނުކުރުމުގެ ސަބަބުން އެކުދިންގެ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުން މަދުކޮށް އެބައިގެ ކެންސަރުން ރައްކާތެރިކޮށްދޭ ކަމަށެވެ. އަދި ހިތާނުކުރުމުގެ ސަބަބުން އެޗްއައިވީ ފަދަ ޖިންސީގުޅުމުން ފެތުރޭ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވި އެވެ. 

އެހެން ކަމުން ލަސްނުކޮށް ފިރިހެން ކުދިން އަވަހަށް ހިތާނުކުރުން މުހިއްމު ކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ. 

"ހިތާނުކުރުމުގެ ސަބަބުން އެޗްއައިވީ ފަދަ ޖިންސީގުޅުމުން ފެތުރޭ ބަލިތަކުން ރައްކާތެރިކޮށްދޭ އަވަހަށް ހިތާނުކޮށްލާ، ފަހުންވެސް ޕާޓީ ބޭއްވިދާނެ." ޑރ. ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގައި ފިރިހެން ކުދިން އާއްމުކޮށް އުމުރުން ފަސް އަހަރުވުމުން ހިތާނުކުރަމުން އަންނަ އިރު، މީގެ ކުރިން ރާއްޖޭގައި އަންހެން ކުދިންވެސް ހިތާނުކުރަމުން ދިޔަކަން ފާހަގަ ކޮށްލެވެ އެވެ. އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ. 

މީގެ ދުވަސްކޮޅެއް ކުރިން އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދޭ ގޮތަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔަކު ވަނީ ވާހަކަދައްކާފަ އެވެ. 

އެހެން ނަމަވެސް އެކަމަށް ރަށްދުދީ ގިނަ ދީނީ އިލްމުވެރިން ވަނީ، އިސްލާމްދީނުގައި ހިތާނު ކުރުން ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް އެކަނި ކަމަށާއި އަންހެން ކުދިން ހިތާނު ކުރުން ނޯންނަ ކަމަށް ބުނެފަ އެވެ. އަދި ހިތާނު ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ނާތަހުޒީބު އަމަލެއް ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ.  

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް