ads
ދެ ރައީސުންނާއެކު ޝައުނާ
ޝައުނާގެ ހޫނު ރައްދު ރައީސް ނަޝީދަށް
އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެއް ނޫން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް، އެންވާރަމެންޓް މިނިސްޓަރު އަދި އެމްޑީޕީގެ ޒުވާން އެކްޓިވިސްޓް އާމިނަތު ޝިއުނާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
Advertisement

ޝައުނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހުގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މީދޫގައި ވާހަކަ ދައްކަވަމުންނެވެ. ޝައުނާއަކީ ކުރިން ރައީސް ނަޝީދުގެ އަރިސް ބޭފުޅެކެވެ. އެހެންނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުވަނީ ޝައުނާއާ މެދު ހިތްޕުޅު ހަމަ ޖެހިވަޑައި ނުގެން ޓްވީޓްވެސް ކުރައްވާފައެވެ.


ދަންނަވަންތޯ ވާހަހަކައެއް، އަޅުގަނޑަކީ މިއީ އެމްޑީޕީ މެމްބަރެއް. ރައީސް އިބޫ ސޯލިހަކީ އަޅުގަނޑުމެންގެ މި ޕާޓީ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަޅުގަނޑުމެންގެ މުހިންމު، މި ޕާޓީގެ ލީޑަރެއް ވެސް މެ. އަޅުގަނޑަކީ ކަނޑާލިޔަސް އެމްޑީޕީ މެމްބަރެއް، އެހެން ވެގެން އަޅުގަނޑު މި ދަންނަވަނީ މިއީ އެމްޑީޕީ ވެރިކަމެކޭ. މި ވެރިކަމުގައި ހިންގަނީ އެމްޑީޕީގެ ސިޔާސަތުތަކޭ. އެހެން އެއްވެސް ޕާޓީއެއްގެ ސިޔާސަތުތަކެއް އަޅުގަނޑުމެންނެއް ކުރިއެއް ނާރުވަން. އެމްޑީޕީގެ މެނިފެސްޓޯއަކީ ވެސް އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ތައްޔާރު ކުރެވިފައިވާ މެނިފެސްޓޯއެއް.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިވަނީ ރައީސް ސޯލިހާ ރައީސް ނަޝީދާ ދެމެދު އިންތިހާއަށް ގަދަވެފައެވެ. ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވޭނެ އެންމެ ފޯރިގަދަ އެތެރޭގެ އިންތިހާބަށްވާނެއެވެ. މި އިންތިހާބުގައި ދެ ރައީސުންވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތައް ފޮނުއްވަމުން ދާއިރު، ދެ ބޭފުޅުންގެ ފަހަތުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ފޯރިވެސް ފެންނަނީ ގަދަކޮށެވެ. 

30%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް