ads
ލިވިންގް އެކްސްޕޯ 2020 ގެ ސްޓޯލެއް
މިފަހަރުވެސް ވަރަށް ކާމިޔާބު ލިވިންގް އެކްސްޕޯއެއް
ހައިރައިޒް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއަ އަށް ވަނަ ލިވިންގް އެކްސްޕޯ ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
Advertisement

ތިން ދުވަހުގެ މުއްދަތަކަށް ފެބްރުއަރީ 27 އިން 29 އަށް، ދަރުބާރުގޭގައި ކުރިއަށް ގެންދިއަ މިއަހަރުގެ ލިވިންގް އެކްސްޕޯގައި 40 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. 

ރިއަލް އެސްޓޭޓް ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފައެވެ. 

މިއަހަރުގެ ލިވިންގް އެކްސްޕޯގައި ލަންކާގެ ގިނަ ކުންފުނި ތަކަކުން ވަނީ ބައިވެެރިވެފައެވެ. އެގޮތުން ލަންކާގެ ރިއަލް އެސްޓޭޓް ދާއިރާގައި ފާހަގަ ކޮށްލެވޭ ކުންފުނި ތައް ކަމަށްވާ އަލްޓައަރ، ޖޯން ކީލްސް ޕްރޮޕަޓީޒް ފަދަ ކުންފުނިތައް ހިމެނެއެވެ. މި ކުންފުނިތަކުން ވަނީ އެކްސްޕޯގައި ހީކުރިވަރުގެ ތަރުހީބެއް ލިބިގެންދިޔަކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ މާކެޓުގައި އެ ކުންފުނިތަކުގެ މަސައްކަތާއި ޕްރޮޑަކްޓްސް ރަނގަޅަށް މާކެޓް ކޮށްލުމުގެ ފުރުސަތު މި އެކްސްޕޯއިން ލިބިގެން ދިޔަކަމަށް ކުންފުނިތަކުން ބުންޏެވެ.

އެކްސްޕޯގައި ރާއްޖޭގެ ގިނަ ކުންފުނި ތަކަކުން ބައިވެރިވެފައި ވާއިރު، ހުރިހާ ފަރާތަކުން ވެސް ވަނީ މި އެކްސްޕޯއަކީ ކާމިޔާބު އެކްސްޕޯއެއް ކަމުގައި ބުނެފައެވެ.  އެކްސްޕޯގައި ބައިވެރިވި ދަމާސް ކުންފުނިން ވަނީ  އެކުންފުނީގެ ކަސްޓަމައިޒް ސާވިސްގެ މައުލޫމާތުތައް އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ފޯރުކޮށްދީފައެވެ. 

މީގެ އިތުރުން ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލުކަން ލިބިގެން ގޮސްފައިވާ ސްލިޕާޒް ފިހާރައިން ވަނީ، އެކްސްޕޯގައި އެ ފިހާރައިން އަލަށް ކަސްޓަމައިޒްކޮށް ޖަހާދެން ފެށި ކަބަޑު ސެޓުތައް ދައްކާލާފައެވެ. ޕޮލީ ކިޔާ ތަފާތު މެޓީރިއަލެއް ބޭނުން ކޮށްގެން ހަދާ މި ކަބަޑު ސެޓު ތަކަކީ، ކަތުރު ފަނި އެޅުމާއި ކުރަފި ފަދަ ތަކެތިން ރައްކާތެރި ކަބަޑު ސެޓު ތަކެއް ކަމުގައި އެ ފިހާރައިން ބުނެއެވެ. އަދި ފެން ޖެހުމުން ހަލާކު ސްޓިކާގަނޑު ހަލާކުނުވާ މި މޭޓީރިއަލް އަކީ ފާހަނާގައި ބޭނުން ކުރަން ވެސް އެކަށޭނަ މެޓީރިއަލެއް ކަމަށް ސްލިޕާޒް ފިހާރާއިން ވަނީ ބުނެފައެވެ.

އެކްސްޕޯގައި ބައިވެރިވި އިތުރު ކުންފުންޏެއް ކަމަށްވާ އެޕޯލޯ އިން ވަނީ އެ ކުންފުނިން މާލޭގައި އަލަށް ހުޅުވި ޝޯރޫމުން ލިބިގެންދާ ތަކެތި އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ދައްކާލާފައެވެ. 

ގޭތެރެއާއި ހޮޓެލްތައް ޒީނަތްތެރި ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ލިބިގެންދާ ބްލޭންކް ފިހާރައިން ވަނިީ އެކްސްޕޯގައި އެ ފިހާރައިގެ ސްޓޯލަށް ޒިޔާރަތް ކުރި ފަރާތްތަކައް ވައުޗާރ އާއި ގިފްޓް ހެމްޕާޒް ދޫކޮށްފައެވެ. 

ރިއަލް އެސްޓޭޓް ދާއިރާގެ ގިނަ ކުންފުނި ތަކެއްގެ މައުލޫމާތު މި އެކްސްޕޯއިން ލިބިގެން ގޮސްފައި ވާއިރު، އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ވަނީ އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އަވި ޓެކްނޮލޮޖީސް އިން ވަނީ އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް އެބޭފުޅުން ބޭނުންވާ މައުލޫމާތުތަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށދިނުމުގެ އިތުރުން، އެ ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ކުރިއަށް ގެންގޮސްފައެވެ. ލަކީ ޑްރޯއިން ހޮވޭ ފަރާތަކަށް ޕޯޓަބަލް ސޯލާ ޕެނަލްއެއް ލިބިގެންދާނެއެވެ.

މިފަހަރުުގެ އެކްސްޕޯގައި ބައިވެރިވި އިތުރު ކުންފުއްޏެއް ކަމަށްވާ ސިނަފް އިންޓީރިއާއިން ވަނީ ސްޕިން އެންޑް ވިން ހަރަކާތެއް ކުރިއަސް ގެންގޮސްފައެވެ. އެ ކުންފުނިން ވަނީ އެކްސްޕޯގައި އިންޓީރިއާ ޑިޒައިނިންގް އަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި އެކްސްޕޯގައި ދައްކާލާފައެވެ. 

ކޮންސަލްޓެންސީ، އާކިޓެކްޗާ، އިންޓީރިއާ ފަދަ ގިނަ ހިދުމަތްތައް ފޯރުކޮށްދޭ ގިނަ އަދަދެއްގެ ކުންފުނި ބައިވެރިވި މި އެކްސްޕޯ ވެގެން ގޮސްފައި މިވަނީ އެކްސްޕޯގެ ބައިވެރިންނަށާއި އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ފައިދާކުރި އެކްސްޕޯއަކަށެވެ. 

އެކްސްޕޯގައި ބައިވެރިވި ކުންފުނިތަކުން ވަނީ އެކްސްޕޯގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކާއި ދިމާވެ އެ ބޭފުޅުންގެ ވިޔަފާރި ގިނަ ފަރާތްތަކަކަށް މާކެޓް ކުރެވިގެން ދިޔަކަމަށް ބުނެފައެވެ. އަދި ހައިރައިޒުން މިފަދަ އެކްސްޕޯއެއް މިހާ ފުރިހަމަ ކެމާއެކު ކުރިއަށް ގެންދިއުމުން، ހައިރައިޒަށް ތައުރީފު ކުރަމުން ކުންފުނިތަކުން ވަނީ މި އެކްސްޕޯ އަކީ ވަރަށް ކާމިޔާބު އެކްސްޕޯއެއްކަން ފާހަގަކޮށްފައެވެ. އަންނަހަރުގެ ލިވިންގް އެކްސްޕޯއަށް އިންތިޒާރު ކުރާ ކަމަށް ވެސް ކުންފުނިތަކުން ވަނީ ބުނެފައެވެ. 

މިއަހަރުގެ އެކްސްޕޯގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި ރިއަލް އެސްޓޭޓަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތު އެއްތަނަކުން އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ފަރުމާކޮށްފައިވާ ވެބްސައިޓެއް އިފްތިތާހް ކޮށްފައެވެ. އަދި ހުޅުމާލޭގައި އެ ކުންފުނިން މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓް ތަކުގެ މައުލޫމާތުތައް އެކުންފުނިން ވަނީ އެކްސްޕޯގައި ފޯރުކޮށްދީފައެވެ.

ރިއަލް އެސްޓޭޓްގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ އިތުރުން، އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވެސް ވަނީ މިފަހަރުގެ އެކްސްޕޯގައި ބައިވެރިވެ، އެމީހުންގެ މަސައްކަތްތެރި ކަމުގެ ޕްރޮޑަކްޓްތައް އެކްސްޕޯގައި ދައްކާލާފައެވެ. ދިވެހި ލުއި ކެއުންތަކުން ފެށިގެން، އަތްތެރިމަސައްކަތާއި ފެހުމުގެ ދާއިރާއިން ތައްޔާރުކޮށްފައިވާ ތަކެތި ވަނީ އެކްސްޕޯގައި މާކެޓް ކޮށްފައެވެ. އެގޮތުން، ވިމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، ފަތްމިނި އެސޯސިއޭޝަން އާއި އައްޑޫ ވިމެންސް އެސޯސިއޭޝަން އަދި ވިމެން އިން މެނޭޖްމެންޓްގެ ފަރާތުން ގިނަ އަންހެނުން ވަނީ މި އެކްސްޕޯގައި ބައިވެރިވެފައެވެ. 

މި ޖަމިއްޔާތަކުން ބުނެފައި ވަނީ މިފަދަ އެކްސްޕޯއެއް ގައި ބައިވެރިވުމުގެ އެންމެ ބޮޑު އަމާޒަކީ އަންހެނުން ބާރުވެރިކުރުވާ، އަންހެނުންނަކީ ގޭގައި ތިބެގެން، ގޭތެރޭ މަސައްކަތްތައް ކުރަމުން، އާމްދަނީ ހޯދޭނެ އަދި ހޯދަމުން އަންނަ ބައެއްކަން ދައްކާލުން ކަމުގައެވެ. 

އަށް  އަހަރު ކާމިޔާބު ކަމާއެކު މި އެކްސްޕޯ ކުރިއަށް ގެންގޮސްފައިވާ ހައިރައިޒުން ބުނެފައިވަނީ މިއަހަރުގެ އެކްސްޕޯ ވެގެން ގޮސްފައި ވަނީ ތަފާތު އަދި ކާމިޔާބު އެކްސްޕޯއަކަށް ކަމުގައެވެ. އަދި އެކްސްޕޯގެ ސަބަބުން ރައްޔިތުންނަށް  ގިނަ މައުލޫމާތު ތަކެއް ލިބިގެން ގޮސްފައި ވާކަން ހައިރައިޒުން ފާހަގަކުރިއެވެ. 

ލިވިންގް އެކްސްޕޯ 2020 އިން ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، ގެދޮރުވެރިކަމާއި، ގެދޮރުގެ އާކިޓެކްޗާއާއި އިންޓީރިއާ އަދި ގެދޮރު އިމާރަތްކޮށް ނުވަތަ ގަތުމަށް ބޭނުންވާ ބޭންކިންގެ މައުލޫމާތުގެ އިތުރުން އިންޝޫރެންސްގެ މައުލޫމާތު އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ވަނީ ލިބިގެން ގޮސްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް