ads
ހދ. ނޭކުރެންދޫ--
ނޭކުރެންދޫގައި ތެދުއުއި ވަޑާން ކޯހެއް ހިންގަނީ
ހދ ނޭކުރެންދޫގައި ތެދުއުއިވަޑާން ކޯހެއް ހިންގުމަށް ނިންމާ، ކޯހުގައި ބައިވެރިވުމަށް ކައުންސިލުން އިއުލާން ކޮށްފި އެވެ.

މި ކޯހަކީ ނޭކުރެންދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

"ސެޓްފިކެޓް 3 އިން ތެދުއުއިވަޑާން ކޯސް" މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވަނީ، އުމުރުން 16 އަހަރު (ސްކޫލް ދަރިވަރެއް ކަމުގައި ނުވުން) ން މަތީގެ ފަރާތަކަށްވުމާއި، ގްރޭޑް ހަތެއް ނިންމާފައި ވުމެވެ.

ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ހިނގާ ޖަނަވަރީ މަހުގެ 22 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ނޭކުރެންދޫ ކައުންސިލަށް ފޯމް ހުށަހެޅުއްވުމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

އަދި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ނޭކުރެންދޫ ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމުގައިވެސް އެކައުންސިލުން މައުލޫމާތު ދެއެވެ.

މި ކޯހަކީ ނޭކުރެންދޫ ކައުންސިލުން ހަރަދުކޮށްގެން މުޅިން ހިލޭ ކުރިޔަށް ގެންދާ ކޯހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް