މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ގެނެސްފައިވާ ކަމަށް، މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެއެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ 8 ގައި ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ، 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 42.37 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން 882 މީޓަރުގެ ބޮޑު ހިލަ ޖަހައި 30 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައި ވެއެވެ.
މި މަސައްކަތް ކުރިޔަށް ނުގޮސް އޮތުމަށްފަހު، ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެނެސް މަސައްކަތް ފެށިފައި މިވަނީ އެމްޑީޕީ ޕްރައިމަރީގެ ފޯރިގަދަވެފައިވާ ދުވަސްވަރެއްގައެވެ.