މިހާރުގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި އެނޫހުގެ ވަކިވަކި ނޫސްވެރިންގެ އަބުރައް އަރައިގަނެ އެ ނޫހާއި ނޫސްވެރިން އާންމުންގެ ތެރޭގައި ބަދުނާމުކުރުމާއި ފުރައްސާރަކުރުން އާއްމުވެފައިވާ ކަމަށެވެ.
އަދި އެފަދަ ފަރާތްތަކުން ފަތުރާ ސާބިތުނުހިފޭ ދޮގު ވާހަކަތަކުގެ ސަބަބުން މިހާރުގެ ނޫސްވެރިން ނަފުސާނީ އަދި ޖިސްމާނީ ބިރުވެރިކަމާއި ކޮންމެ ދުވަހަކު ކުރިމަތިވަމުންދާކަމަށްވެސް ނޫސްބަޔަނުގައި ވެއެވެ.
އެހެންކަމުން އެފަދަ ބައެއް މައްސަލަތަކުގެ ކޮށްދިނުމަށް މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި ކުރަމުންދާ ގޯނާތަކުގެ ސަބަބުން މަދަނީ ދައުވާ ކުރެވޭނީ ކޮންކޮން މައްސަލަތަކެއްގައިތޯ ބަލައި، އެ މައްސަލަތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށްވެސް އެނޫހުން ވަނީ ބުނެފައެވެ.
އެ ނޫހުގެ އަސާސްތައް ދަމަހައްޓައި ނޫސްވެރިކަމުގެ މިނިވަންކަމާއި މުއައްޒަފުންނަށް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެ ނޫހުގެ ވާޖިބެއްކަމަށާއި އެހެންކަމުން އެކަމަށް ހުރަސްއެޅޭ އެއްވެސްކަމެއް ކުރުމަކީ މިހާރު ނޫހުން އެއްވެސް ސިފައެއްގައި ތަހައްމަލުކުރާނޭ ކަމެއް ނޫންކަމަށް ބަޔާނުގައިވެއެވެ.