ads
ރާއްޖެ އާ ކެމްބޯޑިއާ އާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް ބޭއްވި ބިޒްނަސް ފޯރަމް - ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ
"ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ސީދާ އިންވެސްޓްމަންޓްތައް އިތުރުކުރަން ޖެހޭ"
ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ސީދާ އިންވެސްޓްމަންޓްތައް އިތުރުކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ބޭއްވި ބިޒްނަސް ފޯރަމްގައެވެ.

"މޯލްޑިވްސް - ކެމްބޯޑިއާ ބިޒްނަސް ފޯރަމް" ގައި ވާހަކަދައްކަވަމުން އިއާދު ވިދާޅުވީ، ރާއްޖެ އާއި ކެމްބޯޑިއާ އަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިގުތިސޯދީ ގޮތުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ދެ ގައުމު ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމާ އެކު އިގުތިސޯދަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް ދެ ގައުމުން ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބުވަމުން އަންނަ ކަމަށެވެ.

your imageރާއްޖެ އާ ކެމްބޯޑިއާ އާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް ބޭއްވި ބިޒްނަސް ފޯރަމް - ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

އިގުތިސޯދު ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި ދެ ގައުމުގެ ދެމެދު އާ ގުޅުންތައް ގާއިމުކުރަންޖެހޭ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޕާޓްނަޝިޕްތައް ކުރިއެރުވުމާ އެކު، އިންވެސްޓްމަންޓްތައް އިތުރުކޮށް ދެ ގައުމުގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އިއާދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ކެމްބޯޑިއާގެ އިގުތިސޯދީ މައި ސިނާއަތަކީ ފަތުރުވެރިކަން ކަމުގައެވެ. ވުމާ އެކު، ދެ ގައުމުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިއާދު ވަނީ ކެމްބޯޑިއާގެ ޗެންބަ އޮފް ކޮމާސްގެ ނައިބު ރައީސް އަށް ދައުވަތު އަރުވާފައެވެ.

ރާއްޖެ އަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށް ވުމާއެކު، އިމްޕޯޓުކުރެވޭ މުދަލުން ނެގޭ އިމްޕޯޓް ޑިއުޓީގެ ސަަބަބުން އިންވެސްޓްމަންޓްތަކަށާއި ވިޔަފާރީގެ މުއާމަލާތްތަކަށް ފުރުސަތު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިއާދު ވިދާޅުވީ ރާއްޖެ އާއި ކެމްބޯޑިއާގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން، މިއަދު މި ފޯރަމްގައި ގާއިމުކުރެވިގެންދާ ނެޓްވޯކްތަކުގެ ޒަރިއްޔާ އިން، ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު އިގުތިސޯދީ ގޮތުން މަތީ ފެންވަރުގެ ހަރަކާތްތަކެއް ފެނިގެންދާނެ. ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަބަދުވެސް ދެ ގައުމުގެ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ،" އިއާދު

your imageރާއްޖެ އާ ކެމްބޯޑިއާ އާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް ބޭއްވި ބިޒްނަސް ފޯރަމް - ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

"މޯލްޑިވްސް - ކެމްބޯޑިއާ ބިޒްނަސް ފޯރަމް" އަކީ ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ. މިފޯރަމްގައި އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުންނާއި ކެމްބޯޑިއާގެ ޗެންބަ އޮފް ކޮމާސްގެ އިސް މުވައްޒަފުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް