ހއ އަތޮޅުގެ އާބާދީ ތިންވަނައަށް އެންމެ ބޮޑު ރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި ހޮސްޕިޓަލް އެޅުމަށް 123،303،792.00 ހަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އިއްޔެ މިނިސްޓްރީ އޮފް ހެލްތްގައި އޮތް ރަސްމިއްޔާތެއްގައެވެ.