ads
ހުސޭނުބޭ
ހުސޭނުބޭ މަރާލި އެކަކު ގެއަށް ބަދަލުކޮށްފި
މީގެ 12 އަހަރު ކުރިން، ހއ. ހޯރަފުށީގައި ރަހީނު ކޮށް މަރާލި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި ހިމެނޭ މީހަކު، ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

ހއ. ހޯރަފުށީގައި ރަހީނު ކޮށް މަރާލި ހުސޭނުބެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލާފައިވަނިކޮށް ގެއަށް ބަދަލުކޮށްފައިވަނީ އެ ރަށު ސޯސަންވިލާ ނުއުމާން އަބްދުﷲ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނުއުމާން ގެއަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ހުސޭނުބޭ 2010 ވަނަ އަހަރު މަރުވީ އޭނާގެ ގެއިން ވައްކަން ކުރުމަށްޓަކައި ރަހީނު ކޮށްފައި ހުއްޓާ ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. މި މައްސަލައިގައި ނުއުމާންގެ އިތުރުން އެހެން ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އުމުރަށް ޖަލަށް ލިޔެވެ. އެއީ ނޫއުމާނުގެ އިތުރުން ހއ. ހޯރަފުށީ ޅޮހީގެ މުހައްމަދު ލަތީފާއި އުންމީދީ މަންޒިލް އަހުމަދު އިބްރާހިމްއެވެ. އެ ތިން މީހުން އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު އެވެ. 

މީގެ ތެރެއިން ލަތީފުގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުންވަނީ 15 އަހަރަށް ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް