ads
ފޮޓޯ: އެމްޓީސީސީ
18،000 ރުފިޔާގެ މުސާރައިގައި އެމްޓީސީސީން ބަސް ޑްރައިވަރުން ހޯދަނީ
ބޮޑު މުސާރަ އާއި އެކު އެމްޓީސީސީއިން ބަސް ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން އެމްޓީސީސީން މާލެ ސިޓީ ހިމެނޭ ސަރަހައްދުގައި ބަހުގެ ހިދުމަތް ދޭންފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. ބަހުގެ ހިދުމަތް މާލޭގައި ދޭން ފެށިފަހުން އެވްރެޖްކޮށް ދުވާލަކު 5000 އަށްވުރެ ގިނަ މީހުން ބަހުގެ ހިދުމަތް ހޯދަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ. 

އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަދު ހަވީރު 16:00 ގައި ހެންވޭރު ފެރީ ޓާމިނަލުގައި ބަސް ޑްރައިވަރުންނަށް ވާންބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ވޯކް އިން އިންޓަވިއުއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އިރުއޮއްސި 18:00 އާއި ހަމައަށް މި އިންޓަވިއުތައް ކުރިއަށްދާނެ ކަމަށެވެ. 

މި އިންޓަވިއުއަށް އަންނަ ފަރާތްތަކުން އައިޑީ ކާޑުގެ އިތުރުން ބީ-2 ކެޓަގަރީގެ ލައިސެންސް ގެނައުމަށް އެމްޓީސީސީން ވަނީ އެދިފަ އެވެ. ބަސް ޑްރައިވަރުންގެ ގޮތުގައި ކުުރިމަތިލުމުގެ ފުރުސަތު ދެ ޖިންސުގެ ފަރާތްތަކަށްވެސް ހުޅުވާލާފައި ވާކަމަށާއި، މުސާރައިގެ ގޮތުގައި މަހަކު 12،000 އާއި 18،000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ވަޒީފާއަށް ހޮވޭ ފަރާތްތަކަށް މެޑިކަލް އިންޝުއަރަންސް ހަމަޖައްސައިިދިނުމާއި، ތައުލީމީ ފުރުސަތު ތަކުގެ އިތުރުން، ތަމްރީންތަކުގެ ފުރުސަތުވެސް ފަހިކޮށްދެވިގެން ދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ. 

އެމްޓީސީސީން މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދެމުން އަންނަ އިރު، ބަސް ޑްރައިވަރުންނާއި، އެޓެންޑަރުންގެ ގޮތުގައި އަންހެނުން ހަރަކާތްތެރިވަމުން އަންކަން ފާހަގަ ކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް