ads
ރައީސް ސޯލިހު
ވައުދެއްވެފައި އެކަން ދޫކޮށްނުލާނަން: ރައީސް
ވައުދެއް ވެވަޑައިގެންފި ނަމަ އެކަމެއް ދޫކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަނެއްކާވެސް ދެއްވައިފިއެވެ.

ވައުދެއް ވެވަޑައިގެންފި ނަމަ އެކަމެއް ދޫކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަނެއްކާވެސް ދެއްވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ހޯރަފުށީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ކެމްޕެއިނުގައި ރާއްޖޭގެ އެންމެ އުތުރަށް ކުރައްވާ ދަތުތުފުޅުގައި ހއ. ހޯރަފުށްޓަށް ރައީސް ސޯލިހު ވަޑައިގެންނެވީ މިއަދުއެވެ. އެ ރަށުން ރައީސްއަށް ހޫނު މަރުހަބާއެއް ކިޔެވެ.

ހޯރަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ހޯރަފުށްޓަކީ ވެސް ރައްޔިތުން އުންމީދުތަކެއް ކުރާ ރަށެއް ކަމަށާއި ނަމަވެސް އެ ވާހަކަތައް މީގެ ކުރިން ހުރީ ލިޔުމާއި ވާހަކައިގައި އެކަނި ކަމަށެވެ.

"ޔަގީން ކުރައްވައްޗޭ. އަޅުގަނޑުމެންނަކީ ވައުދެއްވެފައި އެކަން ދޫކޮށްލާނެ ބައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އިހަންދޫއަށެވެ. އެއަށް ފަހު މިއަދު އަދި ހއ. އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ރައީސް ވަޑައިގަންނަވާނެއެވެ.

ކެމްޕެއިނުގައި ރައީސް ރާއްޖޭގެ އެންމެ އުތުރުގައި އުޅުއްވާއިރު، ރައީސް ނަޝީދު މި ވަގުތު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ މާލެ އަތޮޅުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް