ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ރިޔާދު ސީޒަން ކަޕް މެޗުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ ސައުދީ އަރަބިއްޔާގެ އޯލް ސްޓާ ޓީމަކީ ރޮނާލްޑޯގެ މިހާރުގެ ޓީމު އަލް ނަސްރާއި، ވާދަވެރި އަލް ހިލާލްގެ މައްޗަށް އެކުލެވޭ ޓީމެކެވެ.
އޯލްސްޓާ ޓީމުގެ ކެޕްޓަންކަން ރޮނާލްޑޯއަށް ދީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް ޝެއިޚް ވަނީ ރޮނާލްޑޯ އަތުގައި ބޭންޑް އަޅުވާ ވީޑިއޯ އާއްމުކޮށްފައެވެ.
މި މެޗަށް "ބިޔޯންޑް އިމޭޖިނޭޝަން ޓިކެޓް" ނަމުގައި ރަން ޓިކެޓެއް ވިއްކާނެއެވެ. މި ޓިކެޓު ވިއްކާނީ ބިޑުކޮށްގެނެވެ. ބިޑު ފެށޭ އަގުވެސް އުޅެނީ ބައި މިލިއަން ޑޮލަރަށްވުރެ މަތީގައެވެ.
ޟެމި ޓިކެޓާއެކު ރޮނާލްޑޯ، މެސީ އަދި އެމްބާޕޭއާ ނޭމާއާއެކު ކެއުމެއް ލިބޭނެއެވެ.