ads
އޮސްކާ
ބަޝަންދުރާއާއެކު އޮސްކާގެ 100 ވަނަ މޮޅު
ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު އޮސްކާ ބްރޫޒޯންގެ އިރުޝާދުގެ ދަށުން، ބަޝަންދުރާ ކިންގްސްއިން 100 މޮޅު ހަމަކޮށްފިއެވެ.

ބަޝަންދުރާއާ އެކު އޮސްކާގެ 100 ވަނަ މޮޅު މިއަދު ހޯދިއިރު، އޭނާގެ މޮޅުވުމުގެ ރިކޯޑް އެ ކްލަބާއެކު އުޅެނީ 80 އިންސައްތައާ ގާތުގައެވެ. ބަޝަންދުރާ ކިންގްސްއަށް އޮސްކާ މިހާތަނަށް 126 މެޗުގައި އިރުޝާދު ދީފައިވާއިރު، 100 މެޗުން މޮޅުވިއިރު ބަލިވީ އެންމެ 12 މެޗުންނެވެ. އެއްވަރު ވެފައިވަނީ 14 މެޗުންނެވެ.

ކުރިން ނިއުއަށް ކޯޗު ކޮށްދިން، ސްޕެއިންގެ އޮސްކާ ބުރޫޒޯންއާއެކު ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްވަނީ ވިދިވިދިގެން ތިންވަނަ އަހަރު ބަންގްލަދޭޝް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. 

ދެހާސް ނަވާރަވަނަ އަހަރު، ނިއުރޭޑިއަންޓުގައި ހުރުމަށް ފަހު ބަންގްލަދޭޝްއިން ލިބުނު ފުރުސަތެއްގައި އެ ގައުމުގެ ބަޝަންދުރާ ކިންގްސްއާ ހަވާލުވި ކޯޗު އޮސްކާ ބުރޫޒޯންގެ އަންނަނީ ބަންގްލަދޭޝްގައި ރަނގަޅު ކާމިޔާބެއް ހޯދަމުންނެވެ. އޭނާވަނީ ސާފް ޗެމްޕިއަންޝިޕުގައި ވަގުތީ ކޯޗެއްގެ ގޮތުގައި ބަންގްލަދޭޝްގެ ގައުމީ ޓީމަށްވެސް އިރުޝާދު ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް