އެޗްޑީސީން ބުނީ މުދާ އުފުލާ ބަރު އުޅަނދުފަހަރަށް ހާއްސަކޮށްގެން ބީލަމުގެ އުސޫލުން ދޫކުރުމަށް ހަމަޖެހިފައިވާ މި ޖާގަތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ޕާކިންގް ޒޯނަކީ ހުޅުމާލެ އެމްޕީއެލް ސަރަހައްދު ކައިރީގައި އޮންނަ އެ ފަަދަ އުޅަނދުފަހަރު ޕާކު ކުރާ ޕާކިންގް ޒޯނެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ކުއްޔަށް ދޫކުރެވޭ ޕާކިންގް ޖާގަތަކުގެ ތެރޭގައި ހިމެނެނީ:
ޕާކިންގް ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެ ގޮތުން މި ޖާގަތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް މަހަކު 12.01 ރުފިޔާ ކަމަށާއި ޖާގަތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.
މި ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ:
އުޅަނދުފަހަރު ޕާކު ކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކޮށް އެޗްޑީސީން ބުނި ގޮތުގައި މިދިޔަ އަހަރުގެ އެޕްރީލް މަހު ޕެއިޑް ޕާކިންގް ޒޯންތަކުން ބީލަމުގެ އުސޫލުން ދެ ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައިވާ ކަމުގައެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ އަށް ޒިޔާރާތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ހުޅުމާލޭގައި ޕާކިންގް ބިލްޑިންގްއެއް ތަރައްގީކުރުމަށް ދަމާސް ކުންފުންޏާ ހަވާލުކުރެވިފައިވާ ކަމަށެވެ.