ads
އާރްޓީއެލް މިނީ ބަހުގެ ހިދުމަތް އަންނަ ހުކުރު ދުވަހު ވިލިމާލޭގައި ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުން
ތިމާވެއްޓާ ރައްޓެހި އާރްޓީއެލް މިނީ ބަހުގެ ހިދުމަތް ވިލިމާލެއަށް
އާރްޓީއެލް ބަހުގެ ހިދުމަތް މާލޭ ސިޓީއަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެ އަދި ހުޅުމާލެ އާ އެއްފަސްގަނޑަކުން މި ވަގުތު ގުޅިފައި ނެތް ވިލިމާލެއަށް އެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

އާރްޓީއެލް މިނީ ބަހުގެ ހިދުމަތް އަންނަ ހުކުރު ދުވަހު ވިލިމާލޭގައި ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކޮށް އެމްޓީސީސީން ބުނެފައިވަނީ ވިލިމާލޭގައި ބޭނުންކުރާނީ އެ ކުންފުނިން އެންމެފަހުން ރާއްޖެ ގެނައި ތިމާވެއްޓާ ރައްޓެހި ބަސްތައް ކަމަށެވެ.

އެމްޓީސީސީން ބުނީ ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ހަ (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަހެވެ. މި ބަސްތަކުގައި:

  • 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓް ހަރުކޮށްފައި ހުންނާނެ
  • ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގަ
  • ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ

އާރްޓީއެލް ބަހުގެ ހިދުމަތް ވިލިމާލެއަށް ފުޅާކުރުމަށްޓަކާ ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި ބަހުގެ ހިދުމަތާ ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހާމަކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ރާއްޖޭގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް