ads
ނާޒިމް ބަންދުކޮށްފައި ހުރި ދުވަސްވަރު (ފޮޓޯ މިހާރު)
ތާރީޚުން މިއަދު: ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ހަނދާންތައް
ކުރީގެ ޑިފެންސް މިނިސްޓަރު، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ބުނީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނުތާ މިއަދު އަށް އަހަރު ފުރުނުއިރު، ނާޒިމްވަނީ އެ ހަނދާންތައް އަލުން އާ ކުރައްވާފައެވެ. ނާޒިމްގެ ގޭގައި ފިސްތޯލައެއް އޮވެގެން ކަމަށް ބުނެ ފުލުހުން އެ ގެއަށްވަނީ ދަންވަރުއެވެ.

"މެންދަމުން އަލިވެ 3:15 އެހާއިރު، އަޅުގަނޑުމެން ނިދިން ހޭލައްވާލީ ފުލުހުން ރަޔަޓް ގިޔަރުގައި އަޅުގަނޑުމެން ގެއަށް ވަނުމުން. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާއި އަޅުގަނޑުމެންގެ ދަރިން ކޮޓަރިތަކުން ނެރެ، ބޭރުގައި ބައިތިއްބާފައި ފުލުހުން ވަދެ، އަޅުގަނޑު ނިދާ ކޮޓަރި ސާޗުކޮށް ހޯދީ ފިސްތޯލައަކާ ޕެން ޑްރައިވެއް".

ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ދަށު ކޯޓާއި ހައި ކޯޓުން ވެސް ފާހަގަކޮށްފައިވަނީ އެ ފިސްތޯލަ ބޭއްވީ ކާކުކަން ނާޒިމަށް ސާބިތުކޮށް ނުދެވުން ކަމަށެވެ. 

ކުރީގެ ސުޕްރީމް ކޯޓުންވެސް އެ ހުކުމް ދެމެހެއްޓިއެވެ. ފަހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ރިވިއުއަށް ހުށަހެޅިއިރު، ނާޒިމްގެ ފަރާތުން ވަކާލާތު ކުރެއްވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދެވެ. ރިވިއު ކުރުމަށް ފަހު ސުޕްރީމް ކޯޓުން އެ މައްސަލަ ބާތިލުކޮށް ނާޒިމް މިނިވަން ކުރިއެވެ.

13%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް