ads
ބިން ހެލުމުގެ ސަބަބުން ނެރެފައިވާ ސުނާމީގެ އިންޒާރު މިހާރު ވަނީ ނަގާފައި---
އިންޑޮނޭޝިއާ 7.2 މެގްނިޓިއުޓްގެ ބާރުގަދަ ބިންހެލުމެއް
ބިން ހެލުމާއި ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު މިހާރު ވަނީ ނަގާފައި
އިންޑޮނޭޝިއާގެ އުތުރު މޮލުއްކަސް ކަނޑަށް 7.2 މެގްނިޓިއުޑުގެ ބާރުމިނުގައި ބިން ހެލުމެއް އަތުވެއްޖެ އެވެ.
Advertisement

މި ބިން ހެލުން އައި ކަމަށް ރިކޯޑު ކުރެވިފައިވަނީ ރާއްޖެ ގަޑިން މިއަދު 11:06 ހާއިރު އެވެ. މާލެ އާއި 5948 ކިލޯ މީޓަރުގެ ދުރުމިނުގައި އޮންނަ އެސަރަހައްދަށް އައި ބިން ހެލުމުގެ އަސަރު ރާއްޖެ ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުންޏެވެ. 

މި ބިން ހެލުމާއިއެކު ސުނާމީގެ އިންޒާރުވެސް ނެރެފައިވާއިރު، މި އިންޒާރު އުވާލާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ނެވެ. އިންޑޮނޭޝިއާގެ އެކި ސަރަހައްދުތަަކަށް މިފަހުން ކޮންމެ ދުވަހަކު ބިން ހެލުން ދަނީ އަންނަމުން ނެވެ. މިމަހުގެ 13 ވަނަ ދުވަހު 4.7 މެގްނިޓިއުޑުގައި އަންނަމުންދިޔަ ބިން ހެލުންތައް ދުވަހަކަށް ވުރެ ދުވަހެއް ބާރުގަދަވެ، އިއްޔެވެސް ވަނީ 6.0 މެގްނިޓިއުޑުގެ ބިން ހެލުމެއް އައިސްފަ އެވެ. 

މިފަހުން އިންޑޮނޭޝިއާ އަށް އެންމެ ބާރުގަަދަ ބިން ހެލުމެއް އައިސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ޓަނިންބާ އައިލެންޑްސްއަށް 7.7 މެގްނިޓިއުޑުގެ ބާރުމިނުގައި އައި ބިން ހެލުމެވެ. މި ބިން ހެލުމުގައިވެސް އެކި ވަރުގެ ގެއްލުންތައް އެ ސަރަހައްދަށް ލިބި ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ. 

7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އަންނަ ބިން ހެލުންތަކަކީ ދެވަނަ އަށް އެންމެ ބާރުގަދަ ބިން ހެލުންތަކެެވެ. މިފަދަ ބިން ހެލުންތަކުގައި ބޮޑު ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާކަން ރިޕޯޓުކުރެވިފައިވެއެވެ. އެންމެ ބާރުގަދަ ބިން ހެލުންތަކަކީ 8.0 އިން ފެށިގެން މަތިން އަންނަ ބިން ހެލުންތަކެވެ. 

އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަކީ އެންމެ ގިނަ އަދަދަކަށް ބިންހެލުން އަންނަ އެއް ސަރަހައްދު ކަމަށްވާއިރު، 2004 ވަނަ އަހަރު އެގައުމުގެ ސުމަޓްރާއަށް 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރު ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަށް ވަނީ ކޮށްފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް