ބުދަ ދުވަހު ވާހަކަދައްކަމުން ރާމް ޗަރަން ބުނެފައިވަނީ ހުރިހާ ފިލްމު އިންޑަސްޓްރީތަކެއް އެއް ސިނަމާއެއްގެ ދަށަށް ގެންނަން ބޭނުންވާކަމަށެވެ.
އަންދާލަން ބޭނުންވާކަަމަށް އޭނާ އެ މާނަކުރަނީ އުވާލުންކަމަށް ބެލެއެވެ.
އޭނާ ބުނީ ހޮލީވުޑްގެ މޮޅެތި ޑައިރެކްޓަރުންނާ އަދި އެކްޓަރުންގެ ތަޖުރިބާ ވެސް އޭނާ ހޯދަން ބޭނުންކަމަށެވެ. އަދި ހޮލީވުޑުން ވެސް ޓޮލީވުޑްގެ ތަރިންގެ ފަރާތުން ދަސްކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް އޭނާ ބުޏްވެ.
ރާމް ޗަރަން ދާދިފަހުން ކުޅުނު ފިލްމު ތަމަޅަފިލްމު "ޓްރިޕުލް އާރު" އަށް މުޅި ދުނިޔޭގައި ވަނީ ވަރަށް ސަޕޯޓު ބޮޑުވެފައެވެ. އެތައް ރެކޯޑެއް އެ ފިލްމު ވަނީ މުގުރާލާފައެވެ. އެ ފިލްމުގެ ތީމް ލަވަ "ނައްޓޫ ނައްޓޫ" އަށް ވަނީ 'ގޯލްޑަން ގްލޯބް އެވާޑު 2023' ގައި 'ބެސްޓު އޮރިޖިނަލް ސޯން' ގެ އެވޯޑު ވެސް ލިބިފައެވެ. މި ފިލްމަށް ވަނީ ދުނިޔޭގެ ފެންވަރުގެ އިތުރު ދެ އެވޯޑު ވެސް ލިބިފައެވެ.