ކޯސްޓް ކިރުގެ އަގަށް މިއައި ބަދަލާ ގުޅޭގޮތުން ބީއެޗްއެމްގެ އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި ކޯސްޓް ކިރުގެ އަގަށް މި އައި ބަދަލު ހަމައެކަނި ގެނައީ ފުލް ކްރީމްގެ ދަޅާއި ޕެކެޓަށް އެކަނި ކަމަށާއި އެހެން ބާވަތްތަކުގެ އަގުތަކަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.
ރާއްޖެ އަށް ކޯސްޓް ކިރު އެތެރެކޮށް ވިއްކާ ބީއެޗްއެމް އިން ކޯސްޓް ކިރުގެ އަގުތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު،
ކޯސްޓް ފުލް ކްރީމް ކިރު ޕެކެޓް ކޭހެއް މިހާރު ވިއްކާ އަގުތަކަކީ:
ކޯސްޓް ދަޅު ކޭހެއް މިހާރު ވިއްކާ އަގުތަކަކީ:
އެހެންނަމަވެސް، 10 ކޭހާއި 25 ކޭހަށްވުރެ ގިނައިން ގަންނަ ނަމަ މި އަގުތަކަށް ބަދަލު އަންނާނެ.
ކޯސްޓް ކިރު ޕެކެޓް އަދި ދަޅު ކޭހުގެ އަގަށް އައި މި ބަދަލުތަކާ އެކު، ފިހާރަތަކުން މި ބާވަތްތައް އާންމުކޮށް ވިއްކާ އަގަށް ވެސް ބަދަލު އަންނާނެއެވެ. އެގޮތުން،
ބީއެޗްއެމްގެ އޮފިޝަލު ވިދާޅުވި ގޮތުގައި ކޯސްޓް ކިރުގެ އަގަށް ބަދަލު އައިސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކަމަށް ވީ ނަމަވެސް އޭރު އަގުތަކަށް ބަދަލު ގެންނަން ބޭނުން ނުވީ އަހަރު ނިމޭތީ ކަމަށާއި އެ ކުންފުނިން ނިންމާފައިވަނީ އަހަރު ފެށުމާ އެކު އަގު ބޮޑު ކުރަން ކަމަށެވެ. މީގެ ކުރިން ގެނައި ޝިޕްމަންޓަކީ ވެސް އަގު ބޮޑުކޮށް ގެނައި ޝިޕްމަންޓެއް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އިއްޔެ ކްލިއާ ކުރީ އަގުބޮޑުކޮށް ގެނައި ޝިޕްމަންޓްގެ ދެވަނަ ބުރު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބީއެޗްއެމް އިން ކިރު ގަންނަ ކުންފުނިން ވަނީ އަގުތައް ބޮޑުކޮށްފައި ކަމަށެވެ. ފުލް ކްރީމް ގެންނަނީ އެހެން ފެކްޓްރީ އަކުން ކަމަށާއި އެ ފެކްޓްރީގެ ހަރަދުތައް ތަންކޮޅެއް ބޮޑުވެގެން ދިއުމަކީ ވެސް އަގުތަކަށް ބަދަލު އައި ސަބަބެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.