ހުޅަނގު އެފްރިކާގެ ގެމްބިއާގެ ރައީސް އެޑަމާ ބާރޯ މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ނައިބު ރައީސް އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންޑިއާގައި ކަމަށެވެ.
ނަމަވެސް ރައީސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
އުމުރުން 65 އަހަރުގެ ޖޫފް ގެމްބިއާގެ ނައިބު ރައީސް ކަމަށް 2022 ވަނަ އަހަރު އައްޔަން ކުރެއްވުމުގެ ކުރިން 2017 އިން 2022 އަށް ހުންނެވީ އެގައުމުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކަމުގެ މަގާމުގައެވެ.
އާއްމު ބައްދަލުވުންތަކުން ނުފެނި ގިނަ ދުވަސްތަކަކަށް ފަހު ނައިބު ރައީސް ޖޫފް، ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވީ މީގެ ތިން ހަފްތާ ކުރިންނެވެ.