ads
ޕީއެސްއެމް
މީޑީއާ ނެޓަށް 9 މިލިއަން ރުފިޔާ ދައްކަން ޕީއެސްއެމްގެ މައްޗަށް ހުކުމްކޮށްފި
މީޑިއާ ނެޓަށް 9 މިލިއަން ރުފިޔާ، އެއް މަސް ދުވަވުގެ ތެރޭގައި ދައްކަން ޕަބްލިކް ސާވިސް މީޑިއާގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު، ސިވިލް ކޯޓަށް ހުށަހެޅުނު މި މައްސަލައަކީ، ޕަބްލިކް ސާވިސް މީޑިއާއިން މީޑިއާނެޓާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، މީޑިއާނެޓުން ހޯދާފައިވާ ހިދުމަތްތަކުގެ އަގާއި އަދި އެ އަގުތައް ދައްކާފައި ނުވުމުން އަރާފައިވާ ޖޫރިމަނާ ފައިސާއެވެ.

މީޑިއާނެޓުން ޝަރީއަތުގައި އެދިފައިވާނީ މި ފައިސާ އެކީ އެއް ފަހަރާ އެ ކުންފުންޏަށް ޕީއެސްއެމުން ނަގައިދިނުމަށެވެ. މި މައްސަލައިގެ ޝަރީއަތުގައި ޕީއެސްއެމުންވަނީ މީޑިއާނެޓުން ހޯދި ހިދުމަތުގެ އަގަކީ އެ ކުންފުނިން ދައްކަން ޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެފައެވެ. އެހެންނަމަވަވެސް ޖޫރިމަނާގެ ފައިސާއާ މެދު ޕީއެސްއެމުން އިންކާރުކުރިއެވެ. މީޑިއާނެޓުން ހޯދާފައިވާ ހިދުމަތްތަކުގެ އަގަކީ 5 މިލިއަން ރުފިޔާއެވެ. އަދި އަނެއް 4 މިލިއަން ރުފިޔާއަކީ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއެވެ.

ހަތް އެއްބަސްވުމެއްގެ ދަށުން މީޑިއާނެޓުން ޕީއެސްއެމުން ހޯދާފައިވާ ހިދުމަތުގެ އަގަކީ 5،066،800 ރުފިޔާއެވެ. އަދި އެ ހިދުމަތްތަކުގެ އަގު އަދާނުކުރުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވަނީ 4،242،777.52 ރުފިޔާއެވެ. ކޯޓުން ހުކުމްކޮށްފައިވަނީ ހިދުމަތުގެ އަގަށްވާ 5،066،800 އަދި ޖޫރިމަނާއަށް އަރާފައިވާ 4،242،777.52 އެކު ޖުމްލަ 9،309،577.52 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރާށެވެ.

މީޑިއާނެޓުން ހޯދި ހިދުމަތްތަކަށް ޕީއެސްއެމުން ފައިސާ ދައްކާފައިނުވާތީ ކޯޓަށް ދިޔުމުގެ ކުރިން މީޑިއާނެޓުންވަނީ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ފައިސާ ދެއްކުމަށްވެސް ޕީއެސްއެމަށް ފުރުސަތު ދީފައެވެ. އެހެންނަމަވެސް ޕީއެސްއެމުން ފައިސާ ދައްކާފައެއް ނުވެއެވެ.

މި މައްސަލައިގައި މިއަދު ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު ކުރި ހުކުމުގައި ބުނެފައިވަނީ މީޑިއާނެޓުން ދައުވާ ކުރާ 9،309،577.52 ރުފިޔާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމް ކުރާކަމަށެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް