ads
އިންޑިއާގެ މަގެއްގެ މަތި
ޗައިނާ ފަހަތަށް ޖައްސާލައި، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާވެއްޖެ
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާވެއްޖެއެވެ.

މީގެ ކުރިން 60 އަހަރު ވަންދެން ދުނީގެ އެންމެ މީހުން ގިނަ ގައުމެއްގެ ގޮތުގައި އޮތީ ޗައިނާއެވެ. ނަމަވެސް ޗައިނާއިން މި މިމަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އެ ގައުމުގެ އާބާދީ ވަނީ 2022 ވަނަ އަހަރު ދަށަށް ގޮސްފައެވެ. 

މީގެ ކުރިން އަހަރުތަކަށް ވަންދެން ދުނީގެ އެންމެ މީހުން ގިނަ ގައުމެއްގެ ގޮތުގައި އޮތީ ޗައިނާއެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ބޯހިމެނުމާ ތަފާސް ހިސާބުތަކުން ހާމަވިގޮތުން މިހާރު އިންޑިއާގައި ޗައިނާއަށްވުރެ 500 މިލިއަން މީހުން އިތުރަށް އުޅެއެވެ. ޗައިނާގެ މިހާރުގެ އާބާދީއަކީ 1.4 ބިލިއަން މީހުންނެވެ. 2022 ވަނަ އަހަރު މިހާ ބޮޑު ބަދަލެއް އައީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށް ވެސް ޗައިނާއިން ބުނެއެވެ. 

your imageއިންޑިއާ - ކޮވިޑް-19ގެ ބަލިމަޑުކަމުގައި އޮތްއިރު:- 

އޭޝިއާގެ އެންމެ ބޮޑު ދެ ގައުމުކަަމަށްވާ އިންޑިއާ އަދި ޗައިނާއަށް ވެސް އާބާދީ އިތުރުވަމުން ދިއުމަކީ އިގްތިސާދީގޮތުން ދަތިތަކަކާ ދިމާވާ މައްސަލައެކެވެ. ޗައިނާގައި އާބާދީ މަދު ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް އިންޑިއާގައި އެފަދަ ފިޔަވަޅުތައް އަޅާފައެއް ނުވެއެވެ.

ޗައިނާއިން 20 ވަނަ ގަރުނުގެ ފަހުކޮޅު ޗައިނާގެ އާބާދީ ވެސް ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކެކޭ އެއްފަދައިން ވަނީ އިތުރުވާން ފަށާފައެވެ. ނަމަވެސް، 1980 ވަނަ އަހަރު ކޮންމެ ދެމަފިރިއަކަށް އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތު ތައާރަފް ކުރުމުން ޗައިނާގެ އާބާދީ އިތުރުވުން ވަރަށް ބޮޑަށް މަދުވިއެވެ.

އަދި އެއާ ހިލާފަށް އިންޑިއާގެ އާބާދީ އިތުރުވުމުގެ ރޭޓް ވަރުގަދަވެ، 1960 ވަނަ އަހަރު 446 މިލިއަނުން 2000 ވަނަ އަހަރު 1.06 ބިލިއަނަށް އާބާދީ  އިތުރުވިއެވެ. 2021 ވަނަ އަހަރު 1.407 ބިލިއަނަށް އިންޑިއާގެ އާބާދީ އިތުރުވިއެވެ. 2064 ވަނަ އަހަރު އަންނައިރު އިންޑިއާގެ އާބާދީ ޗައިނާއަށްވުރެ 50 ޕަސެންޓާ މައްޗަށް ދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް