ads
ހަނިމާދޫ އެއާޕޯޓް މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު
ހަނިމާދޫ އެއާޕޯޓަކީ އުތުރާއި ތިލަދުންމައްޗަށް ތާރީހީ ބަދަލެއް: ރައީސް
ހަނިމާދޫ އެއާޕޯޓަކީ މުޅި އުތުރާއި ބޮޑު ތިލަދުންމައްޗަށް ތާރީހުގައިވެސް އަންނާނެ އެންމެ ބޮޑު ބަދަލުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މިހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު މިރޭ ފައްޓަވާދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

"މިފެށުނީ މިބޮޑުއުތުރާއި މުޅި ބޮޑުތިލަދުން މައްޗަށް ތާރީހުގައިވެސް އަންނާނެ އެންމެ ބޮޑު ބަދަލު، މިއީ ތިލަދުންމައްޗާއި، މިލަމަޑުލު އުތުރަށް އުފާވެރި ދުވަހެއް" ރައީސް ވިދާޅުވިއެވެ.

މިރޭ ފެށިގެންދިޔަ މި ބިޔަ މަޝްރޫއަކީ ހަނިމާދޫ ރައްޔިތުންނާއި މުޅިއުތުރުގެ ރައްޔިތުންވެސް ދެކެމުންދިޔަ އެންމެ ބޮޑު ހުވަފެންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިއީ އުތުރާއި ބޮޑުތިލަދުންމަތީގެ ރައްޔިތުން ފަހުރުވެރިވާނެ އެއާޕޯޓަކަށް ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލް ހިމެނޭ ޕްރޮޖެކްޓެއް، 2.46 ކިލޯމީޓަރުގެ އާރަންވޭއަކީ، ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ، ބޮޑެތި މަތިންދާ ބޯޓް ފަހަރަށް އަޅާ ރަންވޭއެއް" ރައީސް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ތާރީހީ މަޝްރޫއު ނިމިގެންދާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ ދުނިޔޭގެ އެކި ބައްރުތަކުން ބޮޑެތި މަތިންދާ ބޯޓް ފަހަރުގައި ގިނަ ފަސިންޖަރުން  ދަތުރުކުރާނެ އެއާޕޯޓަކަށް ވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ އަގަކީ 136.6 މިލިއަން ޑޮލަރު ކަމަށާއި، އެ ފައިސާ ހުރީ ހަމަޖެހިފައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް