ސައުދީ އަރަބިއްޔާގައި ކުޅުނު މި މެޗުން އިންޓަ މޮޅުވީ 3-0 ންނެވެ. މިއާއެކު ވިދިވިދިގެން ދެވަނަ އަހަރު އިންޓައަށް ސުޕާކަޕް ކާމިޔާބު ކުރެވުނީއެވެ. މިދިޔަ އަހަރުގެ ސުޕަ ކަޕް އިންޓާއިން ކާމިޔާބު ކުރީ ޔުވެންޓަސް ބަލިކޮށްގެނެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުރީކޮޅު އިންޓައިންވަނީ މިލާން ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައި، މެޗުގެ ފަހުކޮޅުއެވެ.
މިއީ އިންޓަމިލާނުން ސުޕަ ކަޕް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ.