މިމައްސަލައަކީ 2018 ވަނަ އަަހަރު، ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް 17 އަހަރުގެ ކުޑަކުއްޖަކު ގަދަކަމުން ވައްދާ ރޭޕުކޮށް، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝަޒްލީފާއި ދެކޮޅަށް އެއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހު ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ:
ދައުލަތުން ބުނެފައިވާގޮތުގައި، 17 އަހަރުގެ ކުޑަކުއްޖާ، ގަދަކަމުން ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް ޝަޒްލީފް ވައްދާފައިވަނީ، 2018 ވަނަ އަހަރުގެ ޖަނަވަރީ ހަވަނަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގަ އެވެ. އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ޝަޒްލީފް ނަގާފައި ވެއެވެ.
އަދަބު ކަނޑައެޅިގޮތް:
ހާދިސާއަށް ގާތްގަނޑަށް ފަސް އަހަރުވާން ގާތްވެފައިވަނިކޮށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި، ޖުމްލަ 40 އަހަރަށް އޭނާ ޖަލަށްލުމަށް ހުކުމް ކޮށްފައި ވެއެވެ. ނަމަވެސް، އެ މުއްދަތުން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކަމުގައިވާ 2 އަހަރާއި 1 މަހާއި 14 ދުވަސް އުނިކުރުމުން އޭނާ މިހާރު ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 38 އަހަރުގެ ޖަލު އަދަބެކެވެ.