މިގޮތުން މަޝްރޫމަކީ ރަނގަޅު ގޮތުގައި ބޭނުންކުރެވިއްޖެނަމަ ފިހާރަތަކުން ތަފާތު ވައްތަރުތަކުގެ ސަޕްލިމަންޓު ނުގަނެ ފަރު ޖެހިދާނެއެވެ. އިތަށިގަނޑާ ހަނގަނޑުގެ ޒުވާންކަން އަލުން އަނބުރާ ގެނެވިދާނެއެވެ.
ޒުވާންކަން އިތުރުކުރުމަށް މަޝްރޫމް ތައްޔާރު ކުރާނެ ގޮތް:
ކޮންމެ މަޝްރޫމެއް ވެސް ކައްކާލެވޭ ވިޓަމިން ޑީ ސަޕްލިމެންޓަކަށް ބަދަލުކޮށްލެވޭނީ ވަކި ގަޑިއިރަކަށް މަޝްރޫމް އަވީލައިގެންނެެވެ.
ޕެން ސްޓޭޓް ޔުނިވާސިޓީގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އިންސާނުންނާ އެއްގޮތަށް ފަންގަސް އިން ވެސް އަލްޓްރާވައިލެޓް އަލިން ޒުވާކަން އަލުން ހޯދާ މައިކްރޯ ނިއުޓްރިއެންޓް އުފައްދަ އެވެ. އެކަމަކު އަހަރެމެންނާ ހިލާފަށް މަޝްރޫމަކަށް މުޅި ދުވަހު އަވިގަނޑުގައި އުޅެގެން މި ނިއުޓްރިއަންޓު ހޯދިދާނެއެވެ. 12 ގަޑިއިރު ވަންދެން ވަކިވަކިން ދެ ދުވަހު މަޝްރޫމް ބޭރަށް ދޫކޮށްލުމުން އެމީހުންގެ ވިޓަމިން ޑީގެ މިންވަރު 100ގ އަށް 100iu އިން ގާތްގަނޑަކަށް 46،000iu އަށް އިތުރުވާ ކަމަށް މައިކޮލޮޖިސްޓް ޕޯލް ސްޓޭމެޓްސް އެ ދިރާސާގައި ވިދާޅުވެފައިވެއެވެ.
މިގޮތައް އަވީލުމުން މަޝްރޫމް ހުންނާނީ ވަރަށް ބޮޑަށް ހިކިފައެވެ. އެހެންކަމުން އިތުރަށް ނުކައްކައި ވެސް މަޝްރޫމް ކެވިދާނެއެވެ. ރިސޯޓޯއަށް ވައްޓާލައިގެން ނުވަތަ ސެލެޑްގެ މައްޗަށް އަޅާލައިގެން ވެސް މަޝްރޫމްތައް ކައިލެވިދާނެއެވެ.
ވިޓަމިން ޑީގެ މިންވަރު މަތިވުމުން ސެލް އަދި ޓިޝޫ މުސްކުޅިވުން ލަސްވާކަން ސައިންސުގެ އަލީގައި ވަނީ ސާބިތުވެފައެވެ.