މިހާތަނަށް ގުނި ވޯޓުތަކަށް ބަލާއިރު ފޭދޫގެ ރައްޔިތުން ބުރަވަނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް. މާލޭގެ ކަލާފާނު ސްކޫލްގައި ބެހެއްޓި އެއް ފޮއްޓަށް ވޯޓުލީ މީހުންގެ ތެރެއިން ފޭދޫގައި ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 39 މީހުން. ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް އެ ފޮއްޓަށް 146 މީހުން ވޯޓު ލިއެވެ.
އިލެކްޝަންންދް ކޮމިޝަނުން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ހަވީރު 15:00 ޖެހުމާއި ހަމަައަށް ވޯޓްލާފައިވަނީ 3410 މީހުންނެވެ. އެއީ މި ވޯޓްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ މީހުންގެ އެންމެ 35 އިންސައްތައެވެ