ads
ފަރީލާގެ އުފަންދުވަސް ފާހަގަކޮށްފި
ދިވެހި ފިލްމު އިންޑަސްޓްރީގެ ކުއީން އަށްވުރެ ކުލަގަދަކޮށް ފަރީލާ އުފަންދުވަސް ފަހަގަކޮށްފި
ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި، ފާތިމަތު ފަރީލާ، އޭނާގެ އުފަންދުވަސް ވަރަށް ކުލަގަދަ އަދި ހަރަދުބޮޑު ޕާޓީއަކުން ފާހަގަކޮށްފިއެވެ.
Advertisement

ފަރީލާގެ ޕާޓީގެ ޝާނާޝައުކަތު ބޮޑުކަމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފިލްމު އިންޑަސްޓްރީގެ 'ކުއީން'ގެ ގޮތުގައި މަޝްހޫރުވެފައިވާ ނިއުމާގެ ޕާޓީއަކާ ފަރީލާގެ ޕާޓީ އަޅާކިޔަމުންނެވެ.

ފަރީލާގެ އުފަންދުވަހަކީ 24 އޮކްޓޫބަރު 1984 އެވެ. އޭނާއަށް މިހާރު މި ފުރުނީ 41 އަހަރެވެ. 

ފަރީލާ އޭނާގެ އުފަންދުވަހުގެ ހަފްލާ ފަރުމާކޮށްފައިވަނީ ފިޔާތޮށި ކުލައިގެ 'ތީމް' އަކަށެވެ. ހިތްގައިމު ފިޔާތޮށި ހެދުމެއްގައި ފަރީލާ ފެނިގެންދާއިރު، ޕާޓީގެ މާހައުލު ޒީނަތްތެރިކޮށްފައިވަނީ ވެސް ފިޔާތޮށި ކުލައިގެ މާތަކާއި ރީތި ކޭކަކުންނެވެ. މި ޕާޓީގެ ފޮޓޯތައް ފަރީލާ ވަނީ އޭނާގެ ފޭސްބުކް އަދި އިންސްޓަގްރާމް ސްޓޯރީތަކުގައި އޭނާގެ ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

މި ފޮޓޯތަކާއެކު ފަރީލާގެ ސަޕޯޓަރުންނާއި ފިލްމީ ދާއިރާއަށް ފާރަވެރިވާ ފަރާތްތަކުން ވަނީ މި ޕާޓީގެ ފުރިހަމަކަމާއި ކުއީން ނިއުމާގެ ޕާޓީއާ އަޅާކިޔަން ފަށާފައެވެ. ބައެއް މީހުން ފާހަގަކުރާ ގޮތުގައި ފަރީލާގެ ޕާޓީގެ ތައްޔާރީތަކާއި ހަރަދު، ނިއުމާގެ ޕާޓީއަށްވުރެ މާ ބޮޑަަށް ބޮޑުވެފައި ފުރިހަމައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް