ads
އައްޑޫ ކައުންސިލްތައް ވަކިކުރާ އިންތިހާބުގައި މީހަކު ވޯޓްލަނީ .ފޮޓޯ: ޕީއެސްއެމް
އައްޑޫ ވޯޓް، ތަރުހީބެއް ނެތް މިހާތަނަށް ވޯޓްލީ 1600 މީހުން
އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބަލަން ނަގާ ވޯޓަށް މާ ބޮޑު ތަރުހީބެއް ނެތްކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

އައްޑޫގެ އެ ތިން ރަށުގެ މީހުންގެ މެދުގައި ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖަހާއިރު ފަށަން އޮތް ނަމަވެސް ވޯޓްލުން ފެށުނީ ގާތްގަޑަކަށް 10 ވަރަކަށް މިނެޓު ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މެންދުރު 12:00 ޖެހުމާއި ހަމަައަށް ވޯޓްލާފައިވަނީ 1661 މީހުންނެވެ. އެއީ މި ވޯޓްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ މީހުންގެ އެންމެ 17.35 އިންސައްތައެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 9576 މީހުންނެވެ. އެހެންކަމުން މިހާތަނަށް އަދި ވޯޓް ނުލާ މީހުންގެ އަދަދު 7900 ވުރެ މައްޗަށް އަރައެވެ.  

ރިފެރެންޑަންގައި މާލެ އާއި އައްޑޫގެ ތިން ރަށުގައި 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

ވޯޓް ފޮށީގެ އަދަދުތައް 

  • ހުޅުދޫގައި 3 ފޮށި 
  • މީދޫގައި 3 ފޮށި
  • ފޭދޫގައި 5 ފޮށި 
  • މާލޭގައި 7 ފޮށި 

މި ރިފެރެންޑަންގެ ވޯޓްލުން މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކުރިޔަށް ދާނެއެވެ. 

ވޯޓް ލުމުގެ ހައްގު ލިބިފައިވާ އަދަދު 

  • ފޭދޫން 4،355 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންވޭ
  • ހުޅުދޫން 2،874 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންވޭ 
  • މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ

އިލެކްޝަން ކޮމިޝަނުން ބުނީ މި އިންތިހާބަށް 9،721 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވާކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް