މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ.
މިރޭ ލ އަތޮޅުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ލ ގަންފޮނަދޫގައި އެހެން ރައްތަކުން ފެންނަމުންދާ ތާއީދުން މަންޒަރު ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް، ބޮޑު ތާއީދެއް ފެނިގެންދާކަމަށާއި އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ކޮންމެ ރަށެއްގެވެސް ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށާއި ޕްރައިމަރީގައި ނިކުންނަ ނަތީޖާއަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްވެސް އޭގެ އަސަރުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.