ads
ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަދައްކަވަނީ...
މި ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާފަ: މުއިއްޒު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މޭޔަރު މުއިއްޒު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާފައި ވާކަމަށާއި، މިކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އެންމެ ފުރަހިމަގޮތުގައި ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ހުރަސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. 

އެގޮތުން، ހައުސިން މައްސަލައާއި ގުޅިގެން ސިޓީ ކައުންސިލުން ހުށަހެޅި އެއްވެސް ކަމަކަށް އެއްބާރުލުން ސަރުކާރުން ދެމުން ނުދާ ކަމަށާއި، ލޭންޑް ޔޫސް ޕްލޭން ފާސް ނުކޮށްދީ އެއް އަހަރާއި ދެ މަސް ވެފައި ވާކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޭނުންޖެހިފައިވާ އެތައް މަސައްކަތަކަށް ހުރަސްއެޅިފައި ވާކަމަށް މޭޔަރު ވިދާޅުވި އެވެ. 

މީގެ އިތުރުން ކައުންސިލްގެ ކުންފުނި އުފައްދަން ހުއްދަ ނުދީ އެއް އަހަރާއި ހަތަރު މަސް ފާއިތުވެފައި ވާކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. 

މިކަމުގެ ސަބަބުން ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައި ހުރި ގިނަ ކަންކަން މާލީ ގޮތުން ދެކޮޅުޖެހޭ ދެމެހެއްޓެނެވި ގޮތެއްގައި ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައި ވާކަމަށް މޭޔަރު ވަނީ ފާގަފަ ކުރައްވާފަ އެވެ. އަދި މިކަންކަން ސަރުކާރުން ކޮށްދެމުން ނުދާތީ ކަމާއި ގުޅުންހުރި އިދާރާތަކަށް ސިޓީ އާއި މައްސަލަ ހުށަހަޅާފައި ވާކަމަށައި، އެހެން ނަމަވެސް އަދި މިހާތަނަށް އެކަމާއި ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށްވެސް މޭޔަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. 

"މި މައްސަލަތައް ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅައިފިން. އެލްޖީއޭއަށް ހުށަހަޅައިފިން. މިނިސްޓްރީތަކަށް ހުށަހަޅައިފިން. ރައީސް އޮފީހަށް ހުށަހަޅައިފިން އަދި މަޖިލީހަށްވެސް ހުށަހަޅައިފިން." މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލާފައި ވާކަމަށް ބުނެ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް އެކައުންސިލުން ނިންމާފައި ވަނިކޮށް، ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއިން ނިންމުމުންވެސް މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް