އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހަފްތާއެއްހާ ދުވަހަށްވެފައި، އަދި ކެމްޕެއިން ފޯރި އިންތިހާއަށް ގަދަވެފައިވާއިރު، ނަޝީދު ކޭމްޕުން ބުނަމުން އަންނަނީ ސަރުކާރު ލަސް ކަމަށާއި އެއްވެސް ކަމެއް ނުނިންމޭ ކަމަށެވެ. ނަޝީދު ކޭމްޕުން "އަންނަނީ އަންނަނީ" ކަމަށް ބުނެ ސަރުކާރަށް ކިޔާފައިވާ ފާޑުތަކަށް ރައްދު ދެއްވައި ރައީސް ސޯލިހްވަނީ "ނިމިއްޖެ" ލިސްޓް މާ ދިގުވާނެ ކަމަށެވެ.
މިވާހަކައަށް ސަޕޯޓް ކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވީ ތައިލީމީ ދާއިރާއިން ނިމިފައިވާ ޕްރޮޖެކްޓްތަކެވެ.
މިނިސްޓަރު އައީޝާވަނީ ތައުލީމީ ދާއިރާއިން ނިމިފައިވާ ޕްރޮޖެކްޓްތަކުގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.