ads
އާ އޯޕީޑީ އިމާރާތް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތު
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތް ހޮސްޕިޓަލާއި ހަވާލުކޮށްފި
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި އެއިމާރާތް ހޮސްޕިޓަލާއި ހަވާލުކޮށްފި އެވެ.
Advertisement

އާ އޯޕީޑީ އިމާރާތް އެޅުމަށް ސަރުކާރުން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ ހަވާލު ކުރީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަލުވި ކަމާއި އެކު ހިންގަމުން އަންނަ އެމްޓީސީސީ އާއި އެވެ. 

އެ ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތް ނިންމާ އެ އިމާރާތް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ހަވާލު ކޮށްފައިވަނީ، އެކަމަށްޓަކައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ އިމާރާތް އެ ހޮސްޕިޓަލާއި ހަވާލު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ. 

އާ އޯޕީޑީ އިމާރާތް ނިންމާ ހަވާލު ކޮށްފައި ވާއިރު، އެ އިމާރާތުގައި ރިސެޕްޝަން އޭރިއާއެއް ހިމެނޭ ގޮތަށް ޑޮކްޓަރަށް ދައްކަންދާ މީހުން އިށީނދެ ތިބުމަށް ވަނީ ސޯފާ ޖަހާފަ އެވެ. އަދި 21 ކޮންސަލްޓޭޝަން ރޫމާއި ޓްރީޓްމަންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އީސީޖީ ރޫމެއްގެ އިތުރުން އީކޯ ރޫމެއް އަލަށް އިމާރާތް ކުރެވުނު އޯޕީޑީގައި ހުރެ އެވެ. 

މީގެ އިތުރުން އެތަނުގައި ރިސެޕްޝަން އޭރިއާއަކާއި ވެއިޓިން އޭރިއާއަކާއި ލެބޯޓަރީ ކަލެކްޝަނަކާއި އާންމު ފަސް ފާހާނަ ހިމެނޭއިރު، އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން މުވައްޒަފުން ބޭނުންކުރުމަށް އިތުރު ފަސް ފާހާނާ ވެސް އެ އިމާރާތުގައި ވަނީ ހަދާފަ އެވެ. 

your imageއާ އޯޕީޑީ އިމާރާތް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތު 

ސަރުކާރުން އެމްޓީސީސީއާއި މި މަސައްކަތް ހަވާލު ކުރީ، 20.2 މިލިއަން ރުފިޔާ އަށެވެ. އެ ހޮސްޕިޓަލަކީ، އުތުރުގެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެއް ކަމުން އަލަށް ތަރައްގީ ކުރެވިގެން މިދިޔަ ބަޔާއި އެކު ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތް އިތުރަށް ހަރުދަނާވެ އަވަސްވެގެން ދާނެ ކަމަށް އެހޮސްޕިޓަލުން ދެކެވެ އެވެ. 

your imageއާ އޯޕީޑީ އިމާރާތް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތު 

އަދި މީގެ ކުރިން އޯޕީޑީ ކޮންސަލްޓޭޝަން ރޫމް މަދުވުމުގެ ސަބަބުން އެތައް ދުވަހެއް ޑޮކްޓަރަށް ނުދެއްކި މަޑުކުރަންޖެހުނު ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ހޮސްޕިޓަލުން ގަބޫލުކުރެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް