ads
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް---
ސަރުކާރުގައި ތިބެ ރައީސް ސޯލިހު އާއި ދެކޮޅުވާނަމަ މަގާމުން އިސްތިއުފާ ދެއްވާ: ރޮޒައިނާ
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅުން ރައީސް އާއި ދެކޮޅަށް ނިކުންނަވާނަމަ ރީތި ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް އާއި ދެކޮޅުވުން ކަމަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުގެ ވިޔަފާރީގެ މައި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރަން ނިންމަވައި، ނަޝީދުގެ ކެމްޕެއިނާ ގުޅިވަޑައިގެންފައި ވާއިރު، ބައެއް ފަރާތްތަކުން ގެންދަވަނީ އަމްރު މަގާމުން ދުރުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. 

ރައީސް މުހައްމަދު ނަޝީދުގެ ފޭކު ޓުވިޓާ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ކުރި ޓުވީޓެއްގައި، އަމްރު މަގާމުން ދުރުކުރަން ސަރުކާރުން ފަސްޖެހެނީ، އަމްރު އަކީ ތައުލީމީ އަދި ހިންގުންތެރި ބޭފުޅެއް ކަމަށް ވުމުން ކަމަށް ވަނީ ބުނެފަ އެވެ.

މިޓުވީޓަށް ރައްދުދެއްވަމުން ރޮޒައިނާ ވިދާޅުވީ، އަމްރު އަކީ ރައީސް ސޯލިހު އައްޔަން ކުރެއްވި މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށެވެ. ރައީސް އައްޔަން ކުރެއްވި މަގާމެއްގައި ހުންނަވައިގެން ރައީސް އާއި ދެކޮޅުވާނަމަ ރިވެތި ގޮތަކީ، މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނިކުމެވަޑައިގަތުން ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. 

ރޮޒައިނާ ވިދާޅުވި ވާހަކައިގެ މާނަ އޮޅޭ ގޮތަށް ބައެއް މީޑިއާ ތަކުން ހަބަރު ގެނެސްދިނުމާއި ގުޅިގެން ނުރުހުން ފާޅުުކުރައްވާ ރޮޒައިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދޮގު ހަބަރު ފެތުރުމަކީ، އެހާ ރީތި ގޮތެއް ނޫން ކަމަށާއިި، އެއްވެސް މީހަކު މަގާމުން ވަކިކުރުމަށް ގޮވާލާފައި ނުވާނެ ކަމަށެވެ. 

"ރައީސްގެ ސިޔާސީ މަގާމުގައި ތިއްބަވާ ބޭފުޅުން ރައީސް އާއި ދެކޮޅަށް ނިކުންނަވަންޏާ ރީތި ގޮތަކީ އަމިއްލަ އަށް އިސްތިއުފާ ދެއްވުމޭ ބުނީ. އިސްތިއުފާ އާއި ވަކިކުރުމުގެ ތަފާތު ނޭނގޭ.؟ ދެރަ." އެހަބަރަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވި އެވެ.

އަމްރު، ނަޝީދު ކޭމްޕެއިނާއި ގުޅިވަޑައިގެންނެވިއިރު، ނަޝީދުގެ ކޭމްޕުން ބުނަމުން އައީ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި ރައީސް ސޯލިހުގެ ކެމްޕެއިން އިވެންޓްތަކަށް ކުންފުނިތަކުގެ މުވައްޒަފުން ދާ މަޖުބޫރު ކުރާކަމަށެވެ.

އަމްރު ވަނީ ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ކުރައްވާފައެވެ. އަދި އަމްރުއަކީ  ކުރިން އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2014 ގައި ތިނަދޫ ދާއިރާ އަށް ވެސް އަމްރު ވާދަކުރެއްވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް