ކޭއާރުއެޗުން ނެރެފައިވާ ޕޯސްޓެއްގައިވަނީ، 24 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހު، އެ ހޮސްޕިޓަލުގެ އާ އޯޕީޑީގެ ހިދުމަތް ފެށުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެހެންކަމުން 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހު ހާއްސަ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ އޯޕީޑީ އަދި ލެބޯޓްރީގެ ހިދުމަތް ބަންދުވާނެ ކަމަށެވެ.
ނަމަވެސް އިމާޖެންސީ ފަރުވާ، ދަތުގެ ފަރުވާ އަދި އާންމު ބަލިތަކާ ބެހޭ ޑޮކްޓަރުންގެ ހިދުމަތް ކުރިއެކޭވެސް އެއްގޮތަށް ކުރިޔަށްދާނެ ކަމުގައިވެސް ކޭއާރުއެޗްގެ ޕޯސްޓުގައި އިތުރަށް ފާހަގަކޮށްފައި ވެއެވެ.
ކޭއާރުއެޗް އާ އޯޕީޑީ އިމާރާތަކީ، ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެކެވެ. މި އިމާރާތުގައި 24 ރޫމް ހިމެނެއެވެ.
އެމްޓީސީސީން ކުރިޔަށް ގެންދިޔަ މި މަސައްކަތް ނިންމާ ކޭއާރުއެޗްއާއި ހަވާލުކޮށްފައިވަނީ މިއަދުއެވެ.